ފެން ބިލް ބޮޑުވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، މެސެޖެއް ދިނުމަށް އެމެރިކާގެ ފްލޮރިޑާގެ އަންހެނަކު 493 ޑޮލަރުގެ ބިލެއް، ފައިސާ ފޮތިން ހަމަކޮށް ދައްކައިފި އެވެ.

އެ މީހާ ބިލް ދައްކަން ދިޔައީ ގޯންޏަކަށް ފައިސާ ފޮތިތައް އަޅައިގެންނެވެ. އެ ގޯނީގައި 49،300 ފައިސާ ފޮތި އޮތެވެ.

މިކަން ކުރި މީހާ ބުނީ މިއީ ފެން ބިލް ބޮޑުވާތީ އޭނާ ކުރި ހިމޭން، ސުލްހަވެރި ހަޅުތާލެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ފެން ބިލް ބޮޑުވާ މައްސަލަ 2016 ވަނަ އަހަރުން ފެށިގެން ވަނީ ތަޖުރިބާކުރަންޖެހިފަ އެވެ. ބައެއް ފަހަރު 700 ޑޮލަރު ވެސް ބިލަށް އަރާފައިވާ ކަމަށް އޭނާ ބުންޏެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބިލަށް ވާ ފައިސާ ހަމަޔަށް ހުރިތޯ ބަލަން، ވޯޓާ ޑިޕާޓްމަންޓުގެ މީހުން ތިން ގަޑިއިރު ހޭދަކުރި އެވެ.

"މިއީ މި ހިސާބުގެ އެންމެންނަށްޓަކައި އަހަރެން ކުރި ކަމެއް،" އަންހެން މީހާ ބުނެފައިވެ އެވެ.