ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލު ކުއްލިއަކަށް ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

އަދީބުގެ އާއިލީ ބޭފުޅަކު ވިދާޅުވި ގޮތުގައި އަދީބަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އެމަޖެންސީގައި ކަމަށާއި ޓެސްޓްތައް ހަދަމުންދާ ކަމަށެވެ.

އެކަމަކު އިތުރު ތަފްސީލެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބުގެ ސިއްހީ ހާލު ދެރަވެފައިމިވަނީ، އޭނާ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

އެކަމަކު އެކަން ކަރެކްޝަންސްއިން ވަނީ ދޮގުކޮށްފަ އެވެ.

އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 2020 ވަނަ އަހަރު އެވެ. އެކަމަކު ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާއެކު އެ ހުކުމަށް ފަހު އަދީބު، ޖަލު ބަންދުން، ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ އެވެ.