ރެހެންދި ފްލެޓުގެ އެޕާޓްމެންޓަކަށް ކޯޓު އަމުރަކާ އެކު ފުލުހުން މިރޭ ވަދެ ބަަލައި ފާސްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރެހެންދި ފްލެޓްގެ އެޕާޓްމެންޓެއް ބަލައި ފާސްކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސްސ މި ވަގުތު އިތުރު ތަފްސީލް ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއް އެއް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ބަލައި ފާސްކުރުމަށް ފަހު، ފުލުހުން ގޮސްފައިވާއިރު، އެއްވެސް އެއްޗެއް ގެންދިޔަ މަންޒަރެއް ނުފެނެ އެވެ. އެ އެޕާޓްމަންޓުގެ ސީލިން ރޫޅާލުމަށް ފަހު ވެސް ފުލުހުން ފާސްކުރި ކަމަށް ވެ އެވެ. އެކަމަކު އޭގެ ހަގީގަތެއް އަދިއެއް ނޭނގެ އެވެ.

ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއް، ކޯޓު އަމުރަކާ އެކު މިރޭ ބަލައި ފާސްކުރަމުން ދިޔައިރު، އެތަން ފޮޓޯ ނަގަން ފުލުހުންގެ ކެމެރާމަނަކު ވަންނަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރެހެންދި ފްލެޓުގެ އެޕާޓްމަންޓެއް، ކޯޓު އަމުރަކާ އެކު މިރޭ ބަލައި ފާސްކުރަމުން ދިޔައިރު، އެތަން ފޮޓޯ ނަގަން ފުލުހުންގެ ކެމެރާމަނަކު ވަންނަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފުރަތަމަ އަޑު ފެތުރުނީ، ފުލުހުން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދިރިއުޅުއްވި އެޕާޓްމެންޓަށް ކަަމަށެވެ. ނަމަވެސް މިހާރު ބައެއް މީހުން ބުނާ ގޮތުގައި ފުލުހުން ވަދެ ބަލައި ފާސްކުރީ ސަރުކާރުގެ އިސް ވެރިއެއްގެ ފްލެޓެކެވެ.

ނަމަވެސް އެއީ އެ އިމާރާތުގެ ކޮން ފްލެޓެއް ކަމެއް އަދި ކޮން ބޭފުޅެއްގެ ފްލެޓެއް ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ.