ޔޫއެސްބީ ޕެން ޑްރައިވް ކޮމްޕިއުޓަރަށް ގުޅީ ހަމަ އެންމެ ފައިލެއް ކޮޕީކުރުމުގެ ބޭނުމުގައި ކަމަށް ވިޔަސް، އޮޕަރޭޓިން ސިސްޓަމް އެ ގޮތެއް ގަބޫލެއް ނުކުރެ އެވެ. އޮޕަރޭޓިން ސިސްޓަމް ދެކޭ ގޮތުގައި، އަދި އިތުރު ފައިލް ކޮޕީކުރާނެ އެވެ. އެހެންވެ، ހާޑް ޑިސްކުން ތަންކޮޅެއް ރިޒާވްކޮށް، ފުރަތަމަ ކޮޕީކުރި ފައިލް ޕާކުކޮށްފައި ބައިންދަ އެވެ. އެ ފައިލްގެ ނަން އަދި ނަގާ ޖާގަ ޕެންޑްރައިވްއިން ދެއްކި ނަމަވެސް އެވެ. މިއީ ކޮމްޕިއުޓަރަށް ބޭރުން ގުޅާ ޔޫއެސްބީ ޑްރައިވްތަކާ މެދު އޮޕަރޭޓިން ސިސްޓަމް އަމަލުކުރާ ގޮތެކެވެ.
ވިންޑޯޒްގައި، މި މައްސަލަ އަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، "އޮޕްޓިމައިޒް ފޮ ކްއިކް ރިމޫވަލް" ކިޔާ ފީޗާއެއް ވަނީ ހިމަނާފަ އެވެ. ބޭނުމަކީ ފައިލްތައް ޕާކުނުކޮށް ހަމަ ވަގުތުން ޕެން ޑްރައިވް އަށް ކޮޕީކުރުމެވެ. މިއީ ބޭނުންވެއްޖެ ހިނދެއްގައި "އޮން އޮފް ކުރެވޭ ފީޗާއެކެވެ. ދާން ފަސޭހަ ދިމާއަކުން ގޮސް، "ޑިވައިސް މެނޭޖާ" އަށް ވަދެ، ޔޫއެސްބީ ޑްރައިވް ހޯދައި، "ރައިޓް ކްލިކް" ދެން "ޕްރޮޕަޓީޒް" އަދި "ޕޮލިސީ" އަށް ވަންނާށެވެ. މިި ފީޗާ އޮން/ އޮފް ކުރަން ދާއިރު، ޕެން ޑްރައިވް ގުޅާފައި ހުރުން ލާޒިމެވެ.
"އޮޕްޓިމައިޒް ފޮ ކްއިކް ރިމޫވަލް" ފީޗާ ނުޖައްސާ ހުއްޓައި، ޕެން ޑްރައިވް ކުއްލިއަކަށް ދަމައިގަތުމުން ފައިލްތައް ކޮރަޕްޓްވެ ޕެންޑްރައިވް ބޭނުންނުކުރެވޭ ހާލަތެއް މެދުވެރިންވުން ގާތެވެ. އެ ފަހަރަކު ކުރާ މަސައްކަތެއްގެ ގޮތުން އަދި ކޮޕީކުރާ ފައިލެއްގެ ޒާތުން، ޕެން ޑްރައިވް އަށް އެއްވެސް ގޮތެއް ނުވެ ދެ އެވެ. އެއީ އެކަމަކު ބުނަން އެނގޭ ފަހަރެއް ނޫނެވެ. އެ ޔަގީންކަން އެއްވެސް މީހަކަށް ނޯވެ އެވެ.
ޔޫއެސްބީ "ސޭފް ރިމޫވަލް" ބޭނުންކޮށް ޕެން ޑްރައިވް ނައްޓާލަން އެދުމުން، އޮޕަރޭޓިން ސިސްޓަމް ވެސް ޕެން ޑްރައިވް ގާތު އަވަސްކުރަން އެދެ އެވެ. އެ ގޮތުގަައި ޕާކުކޮށްފައި ހުރި ފައިލްތައް އަވަހަށް ކޮޕީކުރެ އެވެ. އަދި ޕްރޮގްރާމް އެޕްލިކޭޝަނެއް ހުޅުވައިގެން މަސައްކަތެއް ކުރި ނަމަ، އޮޕަރޭޓިން ސިސްޓަމް އެ ޕްރޮގްރާމަކާ ވެސް ވާހަކަދައްކަ އެވެ. ބޭނުންކުރާ މީހާ ޕެން ޑްރައިވް ވަކިކުރަން އުޅޭ ކަމަށް ބުނެ އެވެ. އެ ނޫން ގޮތެއްގައި "އެހެން އެޕްލިކޭޝަނަކުން ތިޔަ ޑްރައިވް އެބަ ބޭނުންކުރާ" ކަމަށް ބުނެ އެވެ.
ކޮމްޕިއުޓަރަށް ކިތަންމެ އަވަސް އަވަހަށް ޕެން ޑްރައިވް ގުޅައި ވަކިކުރި ނަމަވެސް، ހޭ ވެސް އަހައިނުލާ ފަހަރު އާދެ އެވެ. އެއްވެސް މައްސަލައެއް ނުޖެހެ އެވެ. އެކަމަކު ހަލާކުވެދާނެ ކަމަށް ގަންނަ ބިރު ހިތުގައި އޮވެ އެވެ. އެކަން ގިނަ ފަހަރު ވަނީ ބޮލުގައި ރިހުމަކަށެވެ. އެހެންވެ، އަބަދުވެސް ރައްކާތެރި ގޮތް އިޚުތިޔާރުކުރަން ނަސޭހަތްތެރިވަމެވެ.