މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ ފުޓްރެސްޓާ ގުޅިގެން އުރީދޫން ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.

ކާކުކަން އަންގައިދޭ ލިޔުން ދެއްކުމުން ޓީޗަރުން އެ ތަނުން ހޯދާ ހިދުމަތްތަކުން 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

އެ އޮފާ ހުޅުވާލާފައި ވަނީ މި މަހުގެ ނިޔަލަށެވެ.

އުރީދޫން ބުނީ އެއީ ޓީޗަރުންގެ އަގު ވަޒަންކޮށް، ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަދިޔާއެއް ދިނުމުގެ ގޮތުން ތައާރަފްކުރި އޮފާއެއް ކަމަށެވެ.

ފުޓް ރެސްޓަކީ ގިނަ ސްޕާ ޓްރީޓްމަންޓުތަކެއް ދޭ ތަނެކެވެ. އެ ތަނުން މޭނީ ޕެޑީ އާއި އެކި ވައްތަރުގެ މަސާޖުގެ ހިދުމަތް ދެ އެވެ.