އުރީދޫ މޯލްޑިވްސް އިން ވަށްމާފުށި އަދި ޒިޕްލައިން އެމްވީއާ ގުޅިގެން ސޯޝަލް މީޑިއާ ގިވްއަވޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. 

އުރީދޫން ބުނީ މިއީ އެ ކުންފުނީގެ ކަސްޓަމަރުންނާއި ސޯޝަލް މީޑިއާ ފޮލޯވަރުންނަށް ރާއްޖޭގައި ތަޖުރިބާކޮށްލެވޭނެ އެންމެ ތަފާތު އެއް ހަރަކާތުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ގިވްއަވޭއިން ހޮވޭ ނަސީބުވެރި ފަރާތަކަށް ހުށަހަޅާފައި ވަނީ:

- ވަށްމާފުށީގައި ހަތަރު މީހަކަށް ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް މުޅި ދުވަހުގެ ބީޗް ޕިކްނިކެއް

- ޒިޕްލައިން އެމްވީއާ އެކު، ޒިޕްލައިން ތަޖުރިބާކުރުމުގެ ފުރުސަތު

- މާފުށިން ދިއުމާއި އެނބުރި އައުމުގެ ދަތުރުފަތުރުގެ އިންތިޒާމު

މި ގިވްއަވޭގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސް، ވަށްމާފުށި އަދި ޒިޕްލައިން އެމްވީގެ ސޯޝަލް މީޑިއާ ޕޭޖުތައް ފޮލޯކޮށް، ގިވްއަވޭގެ ޕޯސްޓު ލައިކް ކޮށް، ތިން ރައްޓެހިން ޓެގުކޮށް، ޕޯސްޓު ޝެއާކޮށްގެންނެވެ. 

ގިވްއަވޭ ލިބޭ ނަސީބުވެރިއަަކަށް، އިތުރު ތިން މީހަކާ އެކު، މި ދަތުރު ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. 

ގިވްއަވޭގައި ބައިވެރިވެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.