ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ސަންފްރަންޓް ލިވިން އިން ކުރިއަށް ގެންދާ "މިރޭކަލް ސޭލް" ފަށައިފި އެވެ.
މި އަހަރުގެ ރޯދަ މަސް ފެށުމާ ހަަމައަށް ބާއްވާ އެ ސޭލުން، ސަންފްރަންޓް ލިވިން ޝޯރޫމްގައި ވިއްކަން ހުރި ހުރިހާ ފަރުނީޗަރަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ އެވެ. އެގޮތުން ފެންވަރު ރަނގަޅު، މޮޅު ފަރުނީޗަރުތަކުން 2،000ރ. އަށް ވުރެ ބޮޑު އަދަދަކުން ޑިސްކައުންޓް ދޭނެ ކަމަށް ސަންފްރަންޓުން ބުންޏެވެ.
ޝޯރޫމްގެ މެނޭޖަރު އިކްރާމް މުހައްމަދު ވިދާޅުވީ، ގެ އަކަށް ބޭނުން ވާނެ ފެންވަރު ރަނގަޅު ހުރިހާ ވައްތަރެއްގެ ފަރުނީޗަރެއް އެ ފިހާރަ އިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ހުރިހާ އެއްޗަކުން ވެސް ބޮޑު އަދަދަކުން ޑިސްކައުންޓް ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިތަނުގައި ލިބެން ހުންނާނެ ގެ އަކަށް ބޭނުންވާނެ އެކި ކޮލިޓީގެ ހުރިހާ ވައްތަރެއްގެ ފަރުނީޗަރާއި ބަދިގެ ސާމާނު. އޭގެ ތެރޭގައި ކުޑަކުދިންގެ ފަރުނީޗަރު ވެސް ހިމެނޭނެ. އެ ހުރިހާ އެއްޗަކުން ވެސް ޑިސްކައުންޓް ލިބޭނެ. އެކަމަކު އެކި އެއްޗެހިން އެކި ވަރަށް ޑިސްކައުންޓް ލިބޭނީ،" އިކްރާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ހުކުރު ދުވަހު ފެށި ސޭލަށް މިހާރު ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ކަސްޓަމަރުން ގަންނަ މުދާ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އަށް ގެންދިއުމާއި ރާވައިދިނުމުގެ ޚިދުމަތް ވެސް ސަންފްރަންޓުން ދެ އެވެ. އަދި ރަށްރަށަށް ގެންދާ މުދާ ދޯނިތަކަށް ވެސް އަރުވައިދެ އެވެ.
ފަރުނީޗަރުގެ އިތުރުން ޗައިނާގެ މަޝްހޫރު ޖޭބީއެމް ގޮދަޑި ވެސް ސަފްރަންޓް ޝޯރޫމްގައި އެބަހުއްޓެވެ. އެ ބްރޭންޑުގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ ސަން ފްރޮންޓް ލިވިން އެވެ. އެގޮތުން ގައިގައި ރިއްސާ މީހުންނަށް ޚާއްސަ ވައްތަރުގެ ގޮދަޑި އާއި ތަފާތު ހަތަރު ސައިޒުގެ ގޮދަޑި ވިއްކަން އެބަހުއްޓެވެ. "މިރޭކަލް ސޭލް" ގައި ވެސް އެ އެއްޗެހި ގަނެވޭނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.