ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ސޭލެއް އޮޒާރޯ އިން މިރޭ ފަށައިފި އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފަރުނީޗަރު ފިހާރަ، އޮޒާރޯ އިން ބުނީ އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ ސޭލުން، އެ ފިހާރަ އިން ވިއްކާ ހުރިހާ އެއްޗަކުން 10-30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ޑިސްކައުންޓުގެ އިތުރުން 2،000ރ. އިން މަތީގެ ވިޔަފާރި ކުރާ މީހުންގެ ތެރެއިން ގުރުއަތު ހޮވޭ މީހަކަށް ބެޑް ރޫމް ސެޓެއް ލިބޭނެ އެވެ. އޭގެ އިތުރުން ތިން ލައްކަ ރުފިޔާގެ ކަވަރޭޖް ލިބޭ އަޔާދީ ގިފްޓް ވައުޗާ އެއް ވެސް، ގުރުއަތު ހޮވޭ މީހާ އަށް ލިބޭނެ ކަމަށް އޮޒާރޯ އިން ބުންޏެވެ.

އޮޒާރޯގެ މާކެޓިން މެނޭޖަރު އައިޝަތު ސަމާހާ ހުނައިފް ވިދާޅުވީ، ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު ފަރުނީޗަރާއި ބަދިގެ ސާމާނު ގަތުމުގެ ފުރުސަތު ސޭލްގައި އޮންނާނެ ކަމަށެވެ. އަދި 7000ރ. އިން މަތީގެ ކޮންމެ ވިޔަފާރި އަކަށް ވެސް އިނާމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮޒާރޯ އަކީ މާލޭގެ ފަރުނީޗަރު ސަޕްލަޔަރުންގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ފަރުނީޗަރު އެތެރެކުރާ އެއް ފަރާތް ކަމަށްވާ އަލޯރާ ހިންގަމުން އަންނަ، ޕޭން އޯޝަން އިންޓަނޭޝަނަލްގެ ފިހާރަ އެކެވެ.