ނެގެޓިވް އަދި ހެއްވާ މަޖާ ރޯލުތައް ކުޅެލަން ވެސް ޝަކްތީ ކަޕޫރަކީ ބެލުންތެރިން ހައިރާންކޮށްލާހާ މޮޅު އެކްޓަރެކެވެ. އެކަމަކު އޭނާ ބުނި ގޮތުގައި ބޮލީވުޑަށް ތައާރަފުވިތާ ކުރީކޮޅު ފިލްމް މަވާލީގައި އޭނާގެ އެކްޓިން ކަމުނުގޮސްގެން ތިން ފަހަރު އޭނާގެ ކަންފަތްމަތީގައި ޖެހި އެވެ.

ދަ ކަޕިލް ޝަރްމާ ޝޯގެ ސީޒަން 3 ގައި ޝަކްތީ ބުނީ ތިން އެކްޓަރަކު އޭނާގެ މޫނުމަތީގައި ތިން ފަހަރު ޖެހި ކަމަށާއި ޖެހިލެއް ބާރުކަމުން ބިންމައްޗަށް ވެއްޓުނު ކަމަށެވެ. އެކަމާ އައި ރުޅިން ފިލްމްކުޅުން ހުއްޓާލަން ވިސްނި ކަމަށް އޭނާ ބުންޏެވެ.

ބޮލީވުޑަށް 1970 ގެ ފަހުކޮޅު ތައާރަފުވި ޝަކްތީއަށް ފުރަތަމަ ކުޅެން ލިބުނު ފިލްމުތަކުގައި ލިބުނީ މުޅިންވެސް ނެގެޓިވް ރޯލްތަކެވެ.ެ އެ ރޯލްތައް އަދާކުރިލެއް ފުރިހަމަކަމުން އޭނާގެ އެކްޓިން އަށް ބެލުންތެރިންގެ މަގްބޫލުކަން ވަރަށް ބޮޑަށް ލިބުނެވެ.

އެއަށްފަހު 1990 ގެ އަހަރުތަކުގައި އޭނާ ބޭނުންވީ ކޮމެޑީރޯލްތަކުގައި ހުނަރު ދައްކާށެވެ، އެކަން ވެސް އޭނާ ކާމީޔާބުކޮށް ބެލުންތެރިންގެ ލޯބި ހޯދި އެވެ.

ބޮލީވުޑްގެ މަޝްހޫރު ކޮމެޑިއަނުން ކަމުގައިވާ ކާދަރު ހާން އަދި އާސްރާނީ އާއެއްކޮށް 100 އަށް ވުރެ ގިނަ ކޮމެޑީ ފިލްގައި ޝަކްތީ ވަނީ މަސައްކަތް ކޮށްފަ އެވެ.

އިންޑިއާގެ ޕަންޖާބަށް އުފަން ޝަކްތީ ބޮލީވުޑްގެ އިތުރުން މަލަޔާލަމް ފިލްތަކުގައި ވެސް މަސައްކަތްކޮށް ބޮޑުމަގުބޫލުކަމެއް ހޯދާފައިވެ އެވެ. އުމުރުން މިހާރު 70 އަހަރުވެފައިވާ ޝަކްތީކަޕޫރަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރުގެ ބައްޕަ އެވެ.