ނ. ލަންދު އާއި ށ. މަރޮށީގައި ސަރުކާރުން އިމާރާތްކުރި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފި އެވެ.

މި ދެ ރަށުގެ އާ އިމާރާތް ހުޅުއްވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އެވެ.

ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ލަންދޫގައި އިމާރާތްކުރި އެކްސްޓެންޝަން އިމާރާތް އިއްޔެ ހުޅުވާފައިވާއިރު އެތަނަށް 4.3 މިލިއަން ރުފިޔާ ހޭދަވި އެވެ.

ނ. ލަންދޫގައި ސަރުކާރުން އިމާރާތްކުރި އާ އިމާރާތްުގެ އެތެރެ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
ނ. ލަންދޫގައި ސަރުކާރުން އިމާރާތްކުރި އާ އިމާރާތްުގެ އެތެރެ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އާބާދީގައި 900 އެއްހާ މީހުން އުޅޭ މަރޮށީގައި އިމާރާތްކުރި ތަނަކީ ސަރުކާރުން 3.8 މިލިއަން ރުފިޔާގެ ބަޖެޓަކުން ހަދާފައިވާ ތަނެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ށ. މަރޮށީގައި އިމާރާތްކޮށްފައިވާ އާ އިމާރާތް.-- ފޮޓޯ: ހެލްތު މިނިސްޓްރީ
ށ. މަރޮށީގައި އިމާރާތްކޮށްފައިވާ އާ އިމާރާތް.-- ފޮޓޯ: ހެލްތު މިނިސްޓްރީ

މި ދެ ރަށުގައި އިމާރާތްކުރި އާ އިމާރާތާ އެކު ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހުރިހާ ބައެއް އެ އިމާރާތަށް ބަދަލުކޮށް ހިދުމަތްދޭން ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ދަނީ ކުދި ރަށްތަކާއި ބޮޑެތި ރަށްތައް ތަފާތުކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެެވެ.