ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސް އިން ހުކުރު ދުވަހަށް ހާއްސަކޮށް ބާއްވާ "ފައްކާ ފްރައިޑޭ" ސޭލް މާދަމާ އޮންނާނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.
"ފައްކާ ފްރައިޑޭ" ސޭލަކީ ދޭތެރެދޭތެރެއިން ސޮނީ ސްޕޯޓްސްގައި ހާއްސަ ޑިސްކައުންޓްތަކަކާ އެކު ކުރިއަށް ގެންދާ ސޭލެކެވެ. މި ފަހަރުގެ އެ ސޭލްގައި ގިނަ އައިޓަމްތަކަކުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ސޮނީ އިން ބުނެއެވެ. އަދި މި ފަހަރުގެ ސޭލްގައި ހިމަނާފައިވާ ގިނަ އައިޓަމްތަކަކީ އަންހެނުންނަށް ހާއްސަ އައިޓަމްތަކެއް ކަމަށް ވެސް ސޮނީއިން ބުންޏެވެ.
ސޮނީއިން ބުނީ ޑިސްކައުންޓް ލިބޭ އައިޓަމްތަކުގެ ތެރޭގައި އެ ފިހާރައިން ވިއްކާ މަގުބޫލު އެކި ބްރޭންޑުތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ޕޫމާ، ނައިކީ، އެޑިޑާސް ފަދަ މަގުބޫލު ސްޕޯޓްސް ބްރޭންޑުތައް ހިމެނޭ ކަމަށް ބުންޏެވެ. އޭގެއިތުރުން، އެ ފިހާރައިން ލިބެން ހުންނަ ފެޝަން ބްރޭންޑު ރޮކްސީ، ކުއިކްސިލްވާ، ރިޕްކާލް އަދި މެންގޯގެ އައިޓަމްތަކުން ވެސް ޑިސްކައުންޓު ލިބޭނެ ކަމަށް ވެސް ބުންޏެވެ.
"ފައްކާ ފްރައިޑޭ" ސޭލް ކުރިއަށް ދާނީ ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިގައި އެކަންޏެވެ. ހުކުރު ދުވަހު އެ ފިހާރަ ހުޅުވާފައި ހުންނާނީ ހަވީރު 4އިން ރޭގަނޑު 10އަށެވެ.
ސޮނީއިން ބުނީ އެ ފިހާރައިން ދޭތެރެ ދޭތެރެއިން ބައްވަމުންދާ "ފައްކާ ފްރައިޑޭ" ސޭލަށް ހޫނު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެ ސޭލަށް އިންތިޒާރު ކުރާ ގިނަ ކަސްޓަމަރުންތަކެއް ތިބޭ ކަމަށް ވެސް ބުންޏެވެ. ސޮނީ އިން ބުނީ އެ ސޭލް ގިނަގިނައިން ބާއްވަނީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ބްރޭންޑެޑް އައިޓަމްތައް ގަތުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
ސޮނީ ސްޕޯޓްސް އަކީ ކުޅިވަރުގެ ބޮޑެތި ބްރޭންޑުތަކުގެ ސްޕޯޓްސް ވެއާ އާއި ބޫޓާއި އެސެސަރީޒް ވިއްކާ ފިހާރައެކެވެ. އެ ތަނުން މަޝްހޫރު އެކި ފެޝަން ބްރޭންޑުގެ އައިޓަމްތައް ވެސް ލިބެން ހުރެއެވެ.