އެވިޑު ކޮލެޖުން އަންނަ މެއި މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮލެޖުން ބުނީ މެއި މަހުގެ ކިޔެވުން ފެށުމާ ހަމައަށް ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެވިޑުގައި މިފަހަރު ކިޔަވަން ހުޅުވައިލާ ދާއިރާތަކުގެ ތެރޭގައި އެޑިއުކޭޝަން، ޓީޗިން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް، ކައުންސެލިން، ސައިކޮލޮޖީ، ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އަދި ގުރުއާން ހިމެނެ އެވެ. އޭގެ އިތުރުން މުޅިން އަލަށް ފަށާ 14 ކޯހެއް ހިމެނެ އެވެ.
ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ލެވެލްގެ ޕްރޮގްރާމްތައް ހިންގަން ހަމަޖައްސާފައިވާ މި ސެމިސްޓާގައި 54 އަށް ވުރެ ގިނަ ކޯސް ހިންގާނެ އެވެ.
އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި، ސެޓްފިކެޓް 1، 2 އަދި 3 އިން ގުރުއާން ރެސިޓޭޝަން އެންޑް ތަޖްވީދު، ސެޓްފިކެޓް 1، 2 އަދި 3 އިން އަރަބިކް ލޭންގްއޭޖް، ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، ސެޓްފިކެޓް 3 އަދި 4 އިން އިންފޮމޭޝަން ޓެކްނޮލޮޖީ، ޑިޕްލޮމާ އިން ޓީޗިން އިސްލާމް، ޑިޕްލޮމާ އިން ޓީޗިން ގުރުއާން، އެސޯސިއޭޓް ޑިގްރީ އިން އޮފީސް މެނޭޖްމެންޓް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން އަދި މާސްޓާ އޮފް ޓީޗިން އިސްލާމިކް ސްޓަޑީޒް ހިމެނެ އެވެ.