މާލޭގައި މިރޭ ދުއްވާފައި ދިޔަ ސައިކަލެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މިރޭ އިރާކޮޅު ތާޖުއްދީން ސްކޫލު ކައިރިން ދުއްވާފައި ދިޔަ އެ ސައިކަލުގައި ހުޅު ހިފި ވަގުތު އޭގައި ދެ މީހުން ތިއްބެވެ. އެކަމަކު އަލިފާން ރޯވުމާ އެކު އެ މީހުން އެއިން ފޭބުމުން އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ސައިކަލުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ އެ ސަރަހައްދުގައި ހުރި ގެއެއްގެ ބަޔަކު ނުކުމެ ފެންޖަހައިގެންނެވެ. އެކަމަކު އޭރު ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ދިޔުމުގެ ކުރިން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.