ގދ. ތިނަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކާޑެއްދޫ އެއާޕޯޓުގައި އުމުރުން 39 އަހަރުގެ އެ ފިރިހެންމީހާ ބަލާފާސްކުރި އިރު މަސްތުވާތަކެތި ފެނުނީ ފުރަގަސްފަރާތުގައި ފޮރުވާފައި ހުއްޓަ އެވެ. މަސްތުވާތަކެތި އަޅާފައި ހުރީ ފިލްމު ހުސްކުރި ދަޅަކަށެވެ.
އޭނާ އަކީ ކޮން ރަށެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުރާސްފަތިދުވަހުގެ ރޭ 12:30 ހާއިރު އެވެ.
ފުލުހުން ބުނި ގޮތުގައި ހަައްޔަރުކުރި މީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ތިނަދޫ މެޖިސްޓެރޭޓް ކޯޓަށް ގެންދިއުމުން ބަންދަށް 10 ދުވަސް ޖަހައިދީފައިވެ އެވެ.