ޑްފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ޑްރަގް ބޭނުން ކުރުމާއި ޖުވާ ކުޅޭ ބޮޑު ގްރޫޕެއް ހޯދައި، ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަނެއް ހިންގީ އިއްޔެ ކަމަށެވެ.
އެ އޮޕަރެޝަނުގައި ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުންގެ ގްރޫޕެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހުން ދިރިއުޅެނީ ވަކި ތަންތަނުގައި ނަމަވެސް އެފަދަ ކަންކަން ކުރުމަށް އެއް ތަނަކަށް ޖަމާވާ ކަމަށެވެ. އެ އެންމެން އަތުލައިގަތީ ވެސް އެއްކޮށް އުޅެނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކްސް މައުލޫމާތު ނަގަން ފެށީ މެއި 2024 ގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ވިދާޅުވެފައި ވަނީ ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއީ ކާކު ކަމައި ކޮން ގައުމެއްގެ ރައްޔިތެއްކަން ދެނެގަތުމަށް މި ސަރުކާރުން ފަށާފައިވާ ކުރަނގި އޮޕަރޭޝަން ޕްރޮގްރާމުން އެނގުނު އެއް ކަމަކީ މިދިޔަ ދެ އަހަރުގެ ތެރޭގައި 178،982 ބިދޭސީން ރާއްޖޭގައި އުޅޭ ކަން ކަމަށެވެ.
ކުށުގެ ވެށީގައި އުޅޭ މީހުން ވަގުތުން ޑީޕޯޓު ކުރުމަކީ ވެސް މި ސަރުކާރުން ކުރަން ނިންމާފައިވާ ކަމެކެވެ.