އުތުރުގެ އަތޮޅުތަކަށް ހުޅުވާލައިގެން މިމަހު 16-21 އަށް ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ބ. އަތޮޅު ތައުލީމީ މަރުކަޒު ވެއްޖެ އެވެ.

ބ. އޭދަފުށީ ޔޫތު ސެންޓަރުގައި ބޭއްވި މުބާރާތުގައި ހަތަރު ސްކޫލަކުން 230 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައި ވެއެވެ. އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ނ. ހޮޅުދޫ މޭނާ ސްކޫލާއި ނ. ކުޑަފަރީ ސްކޫލް އަދި ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ފަސް ޓީމް އިވެންޓަކުން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ ގްރޭޑް 4، 5، 6 ގެ އަންހެން އަދި ފިރިހެން އިވެންޓާއި ގްރޭޑް 9، 10 ގެ އަންހެން އަދި ފިރިހެން އިވެންޓުގެ އިތުރުން ގްރޭޑް 11، 12 ގެ އަންހެން އިވެންޓުންނެވެ.

ރަން ވަނަ ހޯދި މަދަރުސަތުލް އިފްތިތާހުގެ ދަރިވަރުންނަށް ނައިފަރުން މަރުހަބާ ކިޔަނީ.-- ފޮޓޯ؛ އިފްތިތާހް
ރަން ވަނަ ހޯދި މަދަރުސަތުލް އިފްތިތާހުގެ ދަރިވަރުންނަށް ނައިފަރުން މަރުހަބާ ކިޔަނީ.-- ފޮޓޯ؛ އިފްތިތާހް

ހަމަ އެއާ އެކު ގްރޭޑް 11، 12 ގެ ފިރިހެން އިވެންޓާއި ގްރޭޑް 7، 8 ގެ ފިރިހެން އިވެންޓުން ދެވަނަ ހޯދުމުގެ އިތުރުން ގްރޭޑް 7، 8 ގެ އަންހެން އިވެންޓުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމުން ވަނީ ތިންވަނަ ހޯދައިފަ އެވެ.

މަދަރުސަތުލް އިފްތިތާހުން ވަނީ ދެ ޓީމް އިވެންޓަކުން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ ގްރޭޑް 7، 8 ގެ އަންހެން އަދި ފިރިހެން އިވެންޓުންނެވެ. ގްރޭޑް 9، 10 ގެ އަންހެން އަދި ފިރިހެން އިވެންޓުން ދެވަނަ ހޯދި އިރު، ގްރޭޑް 4، 5، 6 ގެ ފިރިހެން އިވެންޓުން ތިންވަނަ ހޯދި އެވެ.

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި މޭނާ ސްކޫލުގެ ދަރިވަރުން.-- ފޮޓޯ: މޭނާ ސްކޫލް
އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި މޭނާ ސްކޫލުގެ ދަރިވަރުން.-- ފޮޓޯ: މޭނާ ސްކޫލް

އިންޓަ ސްކޫލް މުބާރާތް ކުރިއަށް ގެންދަނީ ތިން ޒޯނަކަށް ބަހާލައިގެންނެވެ. ސެންޓްރަލް މާލޭ ސަރަހައްދުގެ ސްކޫލްތައް ބައިވެރިވާ ޒޯންގެ ކުޅުމާއި ދެކުނުގެ އަތޮޅުތަކުގެ ސްކޫލްތައް ބައިވެރިވާ މުބާރާތް ވެސް އަންނަ މަހަށް ވަނީ ޝެޑިއުލް ކޮށްފަ އެވެ.

އިންޓަ ސްކޫލް މުބާރާތްތަކުން ޗެމްޕިއަންކަން ހޯދާ ސްކޫލްތަކަށް އަންނަ އަހަރުގެ އިންޓަ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.

އިންޓަ ސްކޫލް ބެޑްމިންތަން މުބާރާތުން މެޑަލް ހޯދި ކުޑަފަރީ ސްކޫލް ދަރިވަރުން.-- ކުޑަފަރީ ސްކޫލް
އިންޓަ ސްކޫލް ބެޑްމިންތަން މުބާރާތުން މެޑަލް ހޯދި ކުޑަފަރީ ސްކޫލް ދަރިވަރުން.-- ކުޑަފަރީ ސްކޫލް

އުތުރު ޒޯންގެ އިންޓަ ސްކޫލް މުބާރާތުގައި ޓީމް އިވެންޓުގެ އިތުރުން ސިންގަލްސް އާއި ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ވެސް ކުރިއަށް ގެންދިޔަ އެވެ.

ސިންގަލްސް އިނެވްޓުގެ ވަނަތަކަށް ބަލައިލާއިރު، ގްރޭޑް 4، 5، 6 ގެ ފިރިހެން ޗެމްޕިއަނަކީ މޭނާ ސްކޫލުގެ މައީޝް މުހައްމަދެވެ. ދެވަނައަށް ދިޔައީ ޔޫސުފް އަކްޔާސް އަޝްރަފެވެ. ތިންވަނައަށް ދިޔައީ މޭނާ ސްކޫލުގެ އަހުމަދު އާލް އަލީ ވަހީދާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ރިޝާމް އަބްދުލް ފައްތާހެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަނަކީ މަދަރުސަތުލް އިފްތިތާހުގެ މަރިޔަމް ރައޫމް ތާހާ އެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އައިޝަތު ރައިޝާ ޒާކިރަށް ދެވަނަ ލިބުނުއިރު، ތިންވަނަ ލިބުނީ އެ ސްކޫލުގެ އަޒްކާ ރިލްވާނާއި ހައްވާ އަލްމާ ރަޝީދެވެ.

ގްރޭޑް 7، 8 ގެ ފިރިހެން ސިންގަލްސް ޗެމްޕިއަނަކީ އިފްތިތާހުގެ ޔޫނުސް ކައިފް މުހައްމަދެވެ. ބ އަތޮޅު ތައުލީމީ މަރުކަޒުގެ އަބްދުﷲ ނައުހާން ބިން މުހައްމަދު ނަޝީދަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ އިފްތިތާހުގެ ރާއި ޖަލާލާއި އިބްރާހިމް ނަޝީތު ހަމްދީ އެވެ. އަންހެން ބައިގެ ޗެމްޕިއަނަކީ އިފްތިތާހުގެ އާމިނަތު އައިނީ އަޝްރަފެވެ. އެ ސްކޫލުގެ ސާރާ ޖަލާލަށް ދެވަނަ ލިބުނުއިރު، ތިންވަނަ ލިބުނީ އެ ސްކޫލުގެ އަނާތު މޫސާ އާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މަރިޔަމް ނައުރީން ނާޝިދެވެ.

ގްރޭޑް 9، 10 ގެ ފިރިހެން ކުދިންގެ ސިންގަލްސް ބައިގެ އެއްވަނަ ހޯދީ އިފްތިތާހުގެ މުހައްމަދު ޝިފާއު އެވެ. ދެވަނަ ހޯދީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޫދު އަބްދުﷲ މާލިކެވެ. ތިންވަނަ ހޯދީ އިފްތިތާހުގެ މުހައްމަދު ވާއީ އަބްދުލް ވާހިދާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުސެއިން އިޒުއާން ސޯދިގެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މަރިޔަމް އީނާސް އިލްޔާސް އެވެ. އެ ސްކޫލުގެ ފާތިމަތު ނާއިޝާ ސައުދުﷲ އަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ އިފްތިތާހުގެ ރަހީމަތު ތީޝާ އާއި މަރިޔަމް ސިމީ އަބްދުއްލަތީފެވެ.

ގްރޭޑް 11، 12 ގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މޭނާ ސްކޫލުގެ ހުސެއިން މައާޝް މުހައްމަދެވެ. އެ ސްކޫލުގެ ޝާއިން ސޮފްވާނަށް ދެވަނަ ލިބުނުއިރު، ތިންވަނަ ލިބުނީ އެ ސްކޫލުގެ މުހައްމަދު ޝަޒީން ހަސަނާއި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ އިފްޒާލް ސޯދިގެވެ. އަންހެން ބައިގެ އެއްވަނަ ހޯދީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އާމިނަތު ސައުސާން މުހައްމަދެވެ. އެ ސްކޫލުގެ ހައްވާ ފަރާހަތު ނާޝިދަށް ދެވަނަ ލިބުނުއިރު، ތިންވަނަ ލިބުނީ އެ ސްކޫލުފާތިމަތު ނަޝްއާ ނާޒިމް އާއި މޭނާ ސްކޫލުގެ މަރިޔަމް ޝައިހާ އެވެ.

ޑަބަލްސް

• ގްރޭޑް 4،5،6 ފިރިހެން ޗެމްޕިއަން: އައުފް ބިން ފަޒްލޫން/ ރިޝާމް އަބްދުލް ފައްތާހު (ބއތމ)

• ގްރޭޑް 4،5،6 ފިރިހެން ދެވަނަ: ވިލާން ޝާފީ އަލީ/ ޔޫސުފް ޝާއިލް އިސްމާއިލް (ބއތމ)

• ގްރޭޑް 4،5،6 ފިރިހެން ތިންވަނަ: މިރުސާލް ހުސެއިން މިރުޒާ/ މުހައްމަދު އިޝްއާއު އަބްދުﷲ (އިފްތިތާހު)

• ގްރޭޑް 4،5،6 ފިރިހެން ތިންވަނަ: އިބްރާހިމް މިޒްއާން އާދަމް/ ޔޫސުފް އަކްޔާސް އަޝްރަފް (އިފްތިތާހު)

• ގްރޭޑް 4،5،6 އަންހެން ޗެމްޕިއަން: އައިޝަތު ރިޝްތާ ޒާކިރު/ ލާރާ މުހައްމަދު ލަތީފް (ބއތމ)

• ގްރޭޑް 4،5،6 އަންހެން ދެވަނަ: އައިޝާ އީނާ ތޯރިގު/ ދީމް ހާމިދު (އިފްތިތާހު)

• ގްރޭޑް 4،5،6 އަންހެން ތިންވަނަ: އަޒްކާ ރިލްވާން/ ހައްވާ ނައުރީން މުހައްމަދު (ބއތމ)

• ގްރޭޑް 4،5،6 އަންހެން ތިންވަނަ: ހަބީބާ އަޝްދާ މައާދު/ ހައްވާ ޚާޝިއާ ހަސަން (މޭނާ ސްކޫލް)

• ގްރޭޑް 7،8 ފިރިހެން ޗެމްޕިއަން: އިބްރާހިމް ނާޝިތު ހަމްދީ/ ޔޫނުސް ކައިފް މުހައްމަދު (އިފްތިތާހު)

• ގްރޭޑް 7،8 ފިރިހެން ދެވަނަ: އަބްދުﷲ ނައުހާން ބިން މުހައްމަދު ނަޝީދު/ އިސްމާއިލް ޝައިހޫން ބިން ހުސެއިން (ބއތމ)

• ގްރޭޑް 7،8 ފިރިހެން ތިންވަނަ: އިބްރާހިމް ޝުޖާން އަޝްރަފް/ ރާއި ޖަލާލް (އިފްތިތާހު)

• ގްރޭޑް 7،8 ފިރިހެން ތިންވަނަ: ލޫތު އިޒްހާމް މުހައްމަދު/ މުހައްމަދު ޒާއިން ޒަކީ (މޭނާ ސްކޫލް)

• ގްރޭޑް 7،8 އަންހެން ޗެމްޕިއަން: އާމިނަތު އައިނީ އަޝްރަފް/ ސާރާ ޖަލާލް (އިފްތިތާހު)

• ގްރޭޑް 7،8 އަންހެން ދެވަނަ: އަޝާނާ އަހުމަދު/ ފާތިމަތު ފަލަކް އަހުމަދު (ކުޑަފަރީ)

• ގްރޭޑް 7،8 އަންހެން ތިންވަނަ: އާމިނަތު ޝާރާ ޝަރީފް/ ރަމްޝާ އަހުމަދު ޒުހުރީ (މޭނާ ސްކޫލް)

• ގްރޭޑް 7،8 އަންހެން ތިންވަނަ: އައިޝަތު ޒިހުނާ ސޯދިގު/ ސާރާ ބިންތި އަހުމަދު (މޭނާ ސްކޫލް)

• ގްރޭޑް 9،10 ފިރިހެން ޗެމްޕިއަން: ހުސެއިން އިޒުއާން ސޯދިގު/ މުހައްމަދު އަލޫފް ރިފާއު (ބއތމ)

• ގްރޭޑް 9،10 ފިރިހެން ދެވަނަ: މުހައްމަދު ޝިފާއު/ މުހައްމަދު ވާއީ އަބްދުލް ވާހިދު (އިފްތިތާހު)

• ގްރޭޑް 9،10 ފިރިހެން ތިންވަނަ: އިސްމާއިލް މާރިޒް މުމްތާޒް/ މުހައްމަދު ޝާމިސް (މޭނާ ސްކޫލް)

• ގްރޭޑް 9،10 ފިރިހެން ތިންވަނަ: ހޫދު އަބްދުﷲ މާލިކް/ ތާއިލް އިބްރާހިމް ވަހީދު (ބއތމ)

• ގްރޭޑް 9،10 އަންހެން ޗެމްޕިއަން: ފާތިމަތު ނާއިޝާ ސައުދުﷲ/ މަރިޔަމް އީނާސް އިލްޔާސް (ބއތމ)

• ގްރޭޑް 9،10 އަންހެން ދެވަނަ: އާމިނަތު ނައުރާ ޝަރުވަތު/ ރަހީމަތު ތީޝާ (އިފްތިތާހު)

• ގްރޭޑް 9،10 އަންހެން ތިންވަނަ:ފާތިމަތު ރުމެއިޝާ ރަޝާދު/ މިންހާ މުހައްމަދު (މޭނާ ސްކޫލް)

• ގްރޭޑް 9،10 އަންހެން ތިންވަނަ: އައިޝަތު ޔަނާލް އަހުމަދު/ ޚަދީޖާ ނަވާ ނަސީމް (އިފްތިތާހު)

• ގްރޭޑް 11،12 ފިރިހެން ޗެމްޕިއަން: ހުސެއިން މައާޝް މުހައްމަދު/ ޝާއިން ސޮފްވާން (މޭނާ ސްކޫލް)

• ގްރޭޑް 11،12 ފިރިހެން ދެވަނަ: އަލީ އިފްޒާލް ސޯދިގު/ މުހައްމަދު އަރޫން އިބްރާހިމް (ބއތމ)

• ގްރޭޑް 11،12 ފިރިހެން ތިންވަނަ: މުހައްމަދު އަޒްދާން ޝާކިރު/ މުހައްމަދު އީހާން (ބއތމ)

• ގްރޭޑް 11،12 ފިރިހެން ތިންވަނަ: އަލީ އަޔާން އަންވަރު/ މުހައްމަދު ޝަމްއޫކް މާހިރު (މޭނާ ސްކޫލް)

• ގްރޭޑް 11،12 އަންހެން ޗެމްޕިއަން: މަރިޔަމް ޝައިހާ/ މަރިޔަމް ސުމާ އަނީސް (މޭނާ ސްކޫލް)

• ގްރޭޑް 11،12 އަންހެން ދެވަނަ: އައިޝަތު އަހުދާ މައާދު/ މިޝްޔާ ޝުހެއިލް (މޭނާ ސްކޫލް)

• ގްރޭޑް 11،12 އަންހެން ތިންވަނަ: އައިޝަތު ނީރާ ނާޒިމް/ އާސިޔަތު ރިފްގާ އަހުމަދު ރަޝީދު (މޭނާ ސްކޫލް)

• ގްރޭޑް 11،12 އަންހެން ތިންވަނަ: ހައްވާ ފަރާހަތު ނާޝިދު/ މަރިޔަމް ޝާތިއާ މުހައްމަދު (ބއތމ)

މިކްސްޑް ޑަބަލްސް

• ގްރޭޑް 7،8 ޗެމްޕިއަން: އަބްދުﷲ ނައުހާން ބިން މުހައްމަދު ނަޝީދު/ މަރިޔަމް ނައުރީން ނާޝިދު (ބއތމ)

• ގްރޭޑް 7،8 ދެވަނަ: މުހައްމަދު އިލާން ބިން ރިލްވާން/ ފާތިމަތު ނީޝާން މުހައްމަދު (ބއތމ)

• ގްރޭޑް 7،8 ތިންވަނަ: އަރުހަމް އަލީ/ އާޝާނާ އަހުމަދު (ކުޑަފަރީ)

• ގްރޭޑް 7،8 ތިންވަނަ: އަފްޝާން މުހައްމަދު އަޝްފާގް/ ފާތިމަތު ފަލަކް އަހުމަދު (ކުޑަފަރީ)

• ގްރޭޑް 9،10 ޗެމްޕިއަން: މުހައްމަދު އަލޫފް ރިފާއު/ މަރިޔަމް އީނާސް އިލްޔާސް (ބއތމ)

• ގްރޭޑް 9،10 ދެވަނަ: މުހައްމަދު ޝާމިސް/ ފާތިމަތު ރުމެއިޝާ ރަޝާދު (މޭނާ ސްކޫލް)

• ގްރޭޑް 9،10 ތިންވަނަ: ތާއިލް އިބްރާހިމް ވަހީދު/ ފާތިމަތު އިމްނާ މުހައިމިން (ބއތމ)

• ގްރޭޑް 9،10 ތިންވަނަ: ހުސެއިން އިޒުއާން ސޯދިގު/ ފާތިމަތު ނާއިޝާ ސައުދުﷲ (ބއތމ)

• ގްރޭޑް 11،12 ޗެމްޕިއަން: ހުސެއިން މައާޝް މުހައްމަދު/ މިޝްޔާ ޝުހެއިލް (މޭނާ ސްކޫލް)

• ގްރޭޑް 11،12 ދެވަނަ: އަލީ އިފްޒާލް ސޯދިގު/ އާމިނަތު ސައުސާން މުހައްމަދު (ބއތމ)

• ގްރޭޑް 11،12 ތިންވަނަ: މުހައްމަދު އަރޫން އިބްރާހިމް/ ފާތިމަތު ނަޝްއާ ނާޒިމް (ބއތމ)

• ގްރޭޑް 11،12 ތިންވަނަ: ޝާއިން ސޮފްވާން/ މަރިޔަމް ޝައިހާ (މޭނާ ސްކޫލް)