މިޑް އިންޑިއަން ރިޖް ސަރަހައްދަށް 5.2 މެގްނެޓިއުޑްގެ ބިންހެލުމެއް މިއަދު އަތުވެއްޖެ އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ އައްޑޫއާ 1245 ކިލޯމީޓަރު ދުރުން މިޑް އިންޑިއަން ރިޖަށް މިއަދު ހަވީރު 4:28 ހާއިރު ބިންހެލުމެއް ރިކޯޑުކުރެވިފައިވާ ކަމަށެވެ. އެކަމަކު އެ ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުންޏެވެ. 

މިދިޔަ ބުދަ ދުވަހު ވެސް ވަނީ ޗާގޯސް އާކިޕެލަގޯ ރީޖަނަށް 5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ. އެއީ އައްޑޫއާ 833 ކިލޯމީޓަރު ދުރަށް އައި ބިންހެލުމެކެވެ. 

އެހެންނަމަވެސް އެ ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރެ އެވެ. 

ޗާގޯސް ސަރަހައްދަކީ އާންމުކޮށް ވެސް ބިންހެލުން އަންނަ ސަރަހައްދެކެވެ.