މިދިޔަ މަހުގެ ތެރޭގައި ނީލަމަކަށްލި، އެމެރިކާގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް ނިރްވާނާގެ ލީޑް ވޯކަލިސްޓް ކާޓް ކޯބެއިން ބޭނުންކުރި ގިޓާ ހަ މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

އެ ގިޓާ ނީލަމުގައި ވިއްކި އެމެރިކާގެ އޮކްޝަން ހައުސް ޖޫލިއަންސް އޮކްޝަންސް އިން ބުނިގޮތުގައި 6.01 މިލިއަން ޑޮލަރަށް ގިޓާ ކާމިޔާބުކުރީ ރޯޑް މައިކްރޮފޯންސްގެ ވެރިޔާ ޕީޓާ ފްރީޑްމަނެވެ. އޭނާ ބުނީ ގިޓައާ އެކު ވޯލްޑް ޓުއާއެއް ބާއްވަން ވެސް ނިންމާފައިވާ ކަމަށާއި އެ ހަރަކާތުން ލިބޭ ފައިސާ ހަދިޔާކުރާނީ ޕަފޯމިން އާޓްސް އަށް ކަމަށެވެ.

ވަރަށް މަދުން ނޫނީ މިހާރު ނުފެންނަ ވައްތަރެއް ކަމަށްވާ D-18E ގެ ގިޓާ ނީލަމުގައި ހަ މިލިއަން ޑޮލަރަށް ވިކުނީ އެންމެ ދަށްވެގެން ވެސް މިލިއަން ޑޮލަރަށް ވިއްކައިލެވޭނެ އަންދާޒާކޮށްފައި ވަނިކޮށެވެ.

އެ ގިޓަ އަކީ 1993 ގެ "އެމްޓީވީ އަންޕްލަގްޑް" ގައި ޕަފޯމްކުރި އިރު ކޯބައިން ބޭނުންކުރި ގިޓަ އެވެ. އޭނާގެ ގިޓާ ވިއްކައިލި އިރު، ހުނަރުވެރި ލަވަކިޔުންތެރިޔާ ވަނީ 1994 ގައި އަމިއްލަ އަށް މަރުވެފަ އެވެ.

ކޮބައިންގެ ކަލެކްޝަންގެ ތެރޭގައި ހިމެނޭ ގިޓާ ވިއްކައިލި އިރު، އޭތި އެންމެ ފަހުން ރައްކާކޮށްގެން ގެންގުޅުނީ އޭނާގެ އަންހެން ދަރިފުޅު ފްރާންސެސް ބީން ކޯބެއިނެވެ. މީގެ ކުރިން ވެސް ވަނީ ކޮބައިންގެ ކަލެކްޝަނުގައި ހިމެނޭ ގިޓައެއް ބޮޑު އަގަކަށް ވިއްކާލައިފަ އެވެ. އެއީ 340،000 ޑޮލަރަށް ވިއްކައިލި ފެންޑަ މަސްޓެންގް ގިޓައެކެވެ.

ނިރުވާނާ ބޭންޑަކީ 1978-1994 އާ ހަމައަށް މިއުޒިކް ދާއިރާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ކާމިޔާބު ބޭންޑެކެވެ. ބޭންޑް ހުއްޓުމަކަށް އައީ 1994 ގައި ކޯބައިންގެ މަރާ ގުޅިގެންނެވެ.

ކޯބައިންގެ ގިޓާ ރިކޯޑް އަގަކަށް ވިއްކައިލި އިރު، ކުރިން އެންމެ ބޮޑު އަގުގައި ވިކުނު ގިޓާގެ ރެކޯޑް އޮތީ ޕިންކް ފްލޯއިޑްގެ ގިޓަރިސްޓް ޑޭވިޑް ގިލްމޯ ބޭނުންކުރި ފެންޑަ ސްޓަރަޓޮކާސްޓާއަށެވެ. އެ ގިޓާ މިދިޔަ އަހަރު ވިކުނީ ހަތަރު މިލިއަން ޑޮލަރަށެވެ.