އެމެރިކާގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް ލީޑް ވޯކަލިސްޓް ކާޓް ކޯބެއިން ބޭނުންކުރި ގިޓަގައެއް ނީލަމެއްގައި ވިއްކައިލަން ނިންމައިފި އެވެ.
ވަރަށް މަދުން ނޫނީ މިހާރު ނުފެންނަ ވައްތަރެއް ކަމަށްވާ D-18E ގެ ގިޓާ އެންމެ ކުޑަވެގެން ވެސް މިލިއަން ޑޮލަރަށް ވިއްކައިލެވޭނެ ކަމަށް ނީލަން ކުރިއަށް ގެންމާ އެމެރިލާގެ ޖޫލިއންސް އޮކްޝަންސް އިން ބުންޏެވެ.
ޖޫލިއަންސް އޮކްޝަންގެ ރައީސް ޑެރެން ޖޫލިއަން ބުނިގޮތުގައި ކޮބައިގެ އެ ގިޓަ އަކީ ރޮކް އެންޑް ރޯލް މިއުޒިކްގެ ތާރީހުގެ ތެރެއިން ވަރަށް ހާއްސަ އެއްޗެކެވެ. އަދި އެ ގިޓާ ބޭނުންކޮށްފައި ވަނީ ވެސް ވަރަށް ހާއްސަ އިވެންޓެއްގެ ތެރޭގައި ކަމަށްވާތީ ކޯބެއިން D-18E އަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށް ބުންޏެވެ.
"ގިޓާގެ އަގު އަހަރެމެން މި ފަށަނީ އެއް މިލިއަން ޑޮލަރުން. ވަރަށް ބޮޑަށް އުންމީދުކުރެވޭ އެއަށް ވުރެ ބޮޑު އަގަކަށް ވެސް ގިޓާ ވިއްލައިލެވޭނެ ކަމަށް،" ޑެރެން ބުންޏެވެ.
ގިޓާގެ ނީލަން ކުރިއަށް ދާނީ އަންނަ މަހުގެ 19-20 އަށެވެ.
އެ ގިޓަ އަކީ 1993 ގެ "އެމްޓީވީ އަންޕްލަގްޑް" ޕަފޯމްކުރި އިރު ކޯބައިން ބޭނުންކުރި ގިޓަ އެވެ. އޭނާގެ ގިޓާ ވިއްކައިލާ އިރު، ހުނަރުވެރި ލަވަކިޔުންތެރިޔާ ވަނީ 1994 ގައި އަމިއްލަ އަށް މަރުވެފަ އެވެ.
ކޮބައިންގެ ކަލެކްޝަންގެ ތެރޭގައި ހިމެނޭ ގިޓާ ވިއްކައިލާ އިރު، އޭތި މިހާތަނަށް ރައްކާކޮށްގެން ގެންގުޅޭނީ އޭނާގެ އަންހެން ދަރިފުޅު ފްރާންސެސް ބީން ކޯބެއިނެވެ.
މީގެ ކުރިން ވެސް ވަނީ ކޮބައިންގެ ކަލެކްޝަނުގައި ހިމެނޭ ގިޓައެއް ބޮޑު އަގަކަށް ވިއްކާލައިފަ އެވެ. އެއީ 340،000 ޑޮލަރަށް ވިއްކައިލި ފެންޑަ މަސްޓެންގް ގިޓައެކެވެ.
ނިރުވާނާ ބޭންޑަކީ 1978-1994 އާ ހަމައަށް މިއުޒިކް ދާއިރާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ކާމިޔާބު ބޭންޑެކެވެ. ބޭންޑް ހުއްޓުމަކަށް އައީ 1994 ގައި ކޯބައިންގެ މަރާ ގުޅިގެންނެވެ.