ކޮލަމްބޯ (ނޮވެމްބަރު 16) - ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު މިއަދު ކުރިއަށްދާއިރު ކޮލަމްބޯގެ ރޯޔަލް ކޮލެޖުގައި ހަރަކާތްތެރި ގާތްގަނޑަކަށް 50 އިލެކްޝަން އޮފިޝަލުން ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
އިލެކްޝަން އޮފިޝަލުން ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ، އޮފިޝަލުން ބުނި ގޮތުގައި، ކާނާ ވިހަވެގެންނެވެ.
ލަންކާގެ އިންތިޚާބުގައި ވޯޓުލުމަށް 12،845 ވޯޓިން ބޫތު ވަނީ ބަހައްޓައިފަ އެވެ. އިންތިޚާބުގައި 35 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެންމެ ވާދަވެރި ދެ ކެންޑިޑޭޓަކީ އެސްއެޕްޕީޕީގެ ގޯޓާބޭ ރާޖަޕަކްސާ އާއި ޔޫއެންޕީގެ ސަޖިތު ޕްރަމަދާސަ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 16 މިލިއަން މީހުންނަށެވެ. އިންތިޚާބުގެ ނަތީޖާ އިއުލާން ކުރާނީ މާދަމާ އެވެ.
އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 60،000 ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.