މިނިސްޓްރީތަކުގެ އަދަދު 15 އަށް ދަށްކޮށް 12 މިނިސްޓަރަކު ހުވާކުރެއްވުން
މާލެ - އޭޕްރީލް 14، 2026: ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 އަށް މަދުކޮށް، ކެބިނެޓް މިނިސްޓަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު: ކެބިނެޓުގެ 10 މިނިސްޓަރަކު ކުއްލި ގޮތަކަށް ވަނީ މިއަދު އިސްތިއުފާ ދެއްވާފައި. ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވަން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައި.--- ފޮޓޯތައް: ރައީސް އޮފީސް
މިއަދު މަގާމުގެ ހުވާ ކުރެއްވި 12 ވަޒީރުން: މިނިސްޓްރީތަކުގެ މެންޑޭޓް ބަދަލުކޮށް، ޖުމްލަ 15 މިނިސްޓްރީ އަށް މިއަދު ވަނީ މަދުކޮށްފައި.--- ފޮޓޯ: ރައީސް އޮފީސް
ކެބިނެޓް އަލުން އެކުލަވާލައި، މިނިސްޓަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ހެލްތު ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ އައްޔަން ކުރައްވައި، އޭނާއާ މަގާމުގެ ލިޔުން ރައީސް މުއިއްޒު ހަވާލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރަކަށް އައްޔަން ކުރެއްވި އަބްދުﷲ ރާފިއުއާ ރައީސް މުއިއްޒު މަގާމުގެ ލިޔުން މިއަދު ހަވާލު ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވި އިރުތިޝާމް އާދަމްއާ މަގާމުގެ ލިޔުން ރައީސް މުއިއްޒު ހަވާލު ކޮށްދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
އެޑިއުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އައްޔަން ކުރައްވައި އޭނާއާ ރައީސް މުއިއްޒު މިއަދު މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވަނީ. --- ފޮޓޯ: ރައީސް އޮފީސް
އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު އައްޔަން ކުރައްވައި އޭނާއާ މަގާމުގެ ލިޔުން ރައީސް މުއިއްޒު މިއަދު ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް އައްޔަން ކުރައްވައި އޭނާއާ ރައީސް މުއިއްޒު މަގާމުގެ ލިޔުން މިއަދު ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ރައީސް އޮފީސް
އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރައްވައި އޭނާއާ މަގާމުގެ ލިޔުން ރައީސް މުއިއްޒު މިއަދު ހަވާލު ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން އައްޔަން ކުރައްވައި އޭނާއާ މަގާމުގެ ލިޔުން ރައީސް މުއިއްޒު މިއަދު ހަވާލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރުކަމަށް އައްޔަންކުރެއްވި އަލީ ޝަރީފް ހުވާގެ އިގުރާރުގައި ސޮއިކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަމަށް އައްޔަންކުރެއްވި މޫސާ ޒަމީރު ހުވާގެ އިގުރާރުގައި ސޮއިކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ކެބިނެޓުގެ މެންބަރުންގެ އަދަދު 20 އިން 15 އަށް މަދުކުރައްވައި، އަލަށް އައްޔަނުކުރެއްވި 12 މިނިސްޓަރުން މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ؛ ރައީސް އޮފީސް
ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރާއި ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އައްޔަން ކުރެއްވި އަލީ އިހްސާން މަގާމުގެ ހުވާ ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
މިއަދު މަގާމުގެ ހުވާ ކުރެއްވި ބައެއް މިނިސްޓަރުން: މިނިސްޓްރީތަކުގެ މެންޑޭޓް ބަދަލުކޮށް، ޖުމްލަ 15 މިނިސްޓްރީއަށް މިއަދު ވަނީ މަދުކޮށްފައި.--- ފޮޓޯ: ރައީސް އޮފީސް
ކެބިނެޓުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވައި، އަލަށް އައްޔަނުކުރެއްވި 12 މިނިސްޓަރުން މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހުވާލައިދެއްވަނީ.--- ފޮޓޯ؛ ރައީސް އޮފީސް