ކެބިނެޓަށް ބަދަލު ގެނައުން
މާލެ - ސެޕްޓެމްބަރު 30، 2024: ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ކެބިނެޓަށް ފުރަތަމަ ފަހަރަށް ބަދަލު ގެންނެވުން. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ފަހުން ކެބިނެޓަށް ގެންނެވި ފުރަތަމަ ބަދަލު. ފޮރިން މިނިސްޓަރަކަށް އަލަށް އައްޔަން ކުރެއްވީ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް. ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމް. ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި މޫސާ ޒަމީރު. ރައީސް މުއިއްޒު ވަނީ ހަލީލާއި ޒަމީރު އަދި ނާޒިމް އެ މިނިސްޓްރީތަކަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު މިއަދު މެންދުރު ދެއްވާފައި.--- ފޮޓޯތައް: ރައީސް އޮފީސް
ފޮރިން މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވި ޑރ. އަބްދުﷲ ހަލީލް (ވ) ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރެއްވި މޫސާ ޒަމީރު (މ) އަދި ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި އަބްދުﷲ ނާޒިމް އިބްރާހީމް (ކ) ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ހަލީލާއި ޒަމީރު އަދި ނާޒިމް، ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ފޮރިން މިނިސްޓަރަކަށް ބަދަލުކުރެއްވި ކުރެއްވި ހަލީލް ހުވާގެ ލިޔުމުގައި ސޮއިކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރެއްވި ކުރެއްވި ޒަމީރު ހުވާގެ ލިޔުމުގައި ސޮއިކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި ނާޒިމް ހުވާގެ ލިޔުމުގައި ސޮއިކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ފޮރިން މިނިސްޓަރަކަށް ބަދަލުކުރެއްވި ހަލީލްއާ، ރައީސް މުއިއްޒު މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރެއްވި ޒަމީރުއާ، ރައީސް މުއިއްޒު މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި ނާޒިމްއާ، ރައީސް މުއިއްޒު މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު، ހަލީލާއި ޒަމީރު އަދި ނާޒިމްއާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް