ދުނިޔޭގެ ފެންވަރުގެ އެޑްވާންސް އެސްތެޓިކް އަދި ކޮސްމަޓޮލޮޖީގެ ހިދުމަތްތާކާ އެކު ރާއްޖޭގެ މަޝްހޫރު ބިއުޓީ ބްރޭންޑް ނަދާ އިން "ނަދާ ކްލިނިކް" ހުޅުވައިފި އެވެ.
އެ ކްލިނިކްގެ ހިދުމަތް މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބޭނެ އެވެ. ޒީނަތްތެރިވުމާއި އެސްތެޓިކް ދާއިރާއިން އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިދުމަތް ދޭ ނަދާ ކްލިނިކުން ދުނިޔޭގެ ބާޒާރުގައި މިވަގުތު ލިބެންހުރި އެންމެ އެޑްވާންސް އެސްތެޓިކްސް، ކޮސްމަޓޮލޮޖީ އަދި ރީޖުވެނޭޝަންގެ ހިދުމަތްތައް ލިބޭނެ އެވެ.
ނަދާ ކްލިނިކްގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު ފާތިމަތު ނަދާ ވިދާޅުވީ، މިފަދަ ކްލިނިކެއް ހުޅުވީ މިދިޔަ ފަސް އަހަރު ކުރި ދިރާސާތަކާ އެކު ކަމަށެވެ. އެސްތެޓިކް އަދި ކޮސްމަޓޮލޮޖީގެ އެންމެ ޒަމާނީ ހިދުމަތްތައް ދިވެހިންނަށް ގެނެސްދިނުމަކީ މި ކްލިނިކްގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
އޭނާ ވިދާޅުވީ، ދިވެހިންގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ، ޓޫރިޒަމް ދާއިރާ އަށް ރާއްޖޭގެ މިފަދަ ހިދުމަތްތައް ތައާރަފްކުރަން ވިސްނަވާ ކަމަށެވެ. "ބިއުޓީ އެންޑް ދަ ބީޗް" ގެ ދަށުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހިދުމަތްދޭ ކުންފުނިތަކާ ގުޅިގެން ސްކިން ޓްރީމެންޓްތަކާއި އެހެނިހެން އެސްތެޓިކް ހިދުމަތްތައް ވެސް ފޯރުކޮށްދިނުމަށްޓަކާއި ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެނެގެ އަމާޒަކީ ދުނިޔޭގައި ނަން ހިނގާ މެޑިކަލް ގްރޭޑުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވިގެންވާ ހަމުގެ އަދި އިސްތަށީގެ ތަފާތު އެކިކަހަލަ ފަރުވާތަކާ އެކު ކަސްޓަމަރުންގެ ސިއްހީ ދުޅަހެޔޮ ކަމަށް ހެޔޮބަދަލެއް ގެނުވައި ދިނުން. ފޯރުކޮށްދޭ މި ހިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ކަށަވަރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
ނަދާ ކްލިނިކުން ދޭ ހިދުމަތްތައް
ނަދާ ކްލިނިކުން ރިންކަލް ރިލެކްސާ ރީޖުވެނޭޝަން އާއި ނޮން ސާޖިކަލް އެންހޭންސްމެންޓާއި ކެމިކަލް ޕީލިން އާއި ޓްރާންސްޑާމަލް މީސޮތެރަޕީ އާއި އެކިކަހަލަ ހަމުގެ ލޭޒާ ފަރުވާ އާއި އިސްތަށީގެ ފަރުވާ އާއި އިސްތަށި އިންދުމާއި ހަމުގެ އަދި ގައިގެ އެކި ކަހަލަ ތެރަޕީ ގައިން އިސްތަށި ނައްތާލުން ބޮޑީ ކޮންޓޫއަރިންގެ އިތުރުން ޑާމަޓޮލޮޖިކަލް އަދި ވަސްކިއުލާ ފަރުވާ ވެސް މި ކްލިނުން ލިބޭނެ އެވެ. ހިދުމަތްތައް ދިނުމުގައި އެ ކްލިނިކްގައި ޕްލާޓިކް ސާޖަން އެއްގެ އިތުރުން ކޮސްމެޓިކް ސާޖަނެއް ހުރެ އެވެ. އެގޮތުން އެންްމެ ފުރަތަމަ ހިދުމަތް ހޯދަން އަންނަ ހުރިހާ ފަރާތްތަކެއް ވެސް ޖެހޭނީ ޑޮކްޓަރުންނާ ކޮންސަލްޓޭޝަން ހައްދާށެވެ. އެ ކްލިނިކުން ދޭ ހިދުމަތްތައް ދޭނީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.
ނަދާ ކްލިނިކުން ހިދުމެތްތައް ފޯރުކޮށްދޭނީ އެކަމުގެ ހާއްސަ ތަމްރީން ލިބިފައިވާ ޑޮކްޓަރުނާއި ކްލިނިކަލް ސްޓާފުންގެ ޓީމަކުންނެވެ. އެ ކްލިނިކުން ފޯރިކޮށްދޭ ހުރިހާ ފަރުވާ އަކީ ކްލައިންޓުން ބޭނުންވާ ނަތީޖާތަކަށް ބަލައި ކަސްޓަމައިޒް ކުރެވި، ޓާގެޓް ކުރެވިގެން ދެވޭ ޓްރީޓްމަންޓްތަކެވެ.
ނަދާ ވިދާޅުވީ، ހިދުމަތްތައް ދިނުމުގައި އަގުތައް ކަނޑައާޅާފައިވަނީ ދޭ ހިދުމަތަށް ބަލައިގެން ކަމަށެވެ. އެ ކްލިނިކުން ދޭ ހިދުމަތްތަކުގެ އަގުތައް ހުންނަނީ ސަރަހައްދީ ފެންވަރުގައި މިފަދަ ހިދުމަތްތައް ލިބޭނެ ވަރަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިދުމަތްތައް ދިނުމުގައި ދޭ ހުރިހާ ފަރުވާއަކީ ވެސް ރައްކާތެރިކަމާ އެކު ނަތީޖާ ކަށަވަރުވާ ހިދުމަތަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށެވެ.
މިކްލިނިކުން ފަރުވާ ހޯދަން އަންނަ ކޮންމެ ކަސްޓަމަރެއްގެ ޒާތީ އެންމެހާ މައުލޫމާތެއް ނަޒާހަތްތެރިކަމާ އެކު ރައްކާ ކުރާނެ ކަމަށް އެ ކްލިނިކުން ބުންޏެވެ.