ހދ. ކުޅުދުއްފުށި ގައި އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ބަހުގެ ދަތުރުތަކުގެ ޓެސްޓިން މަރުހަލާ ކަމަށެވެ. ޓެސްޓިން މަރުހަލާގައި ހިލޭ ދަތުރު ކުރެވޭނެ އެވެ.

ރާއްޖޭގެ އުތުރުގެ ވިޔަފާރީގެ މައި ހަބް ކަމަށްވާ ކުޅުދުއްފުށީގައި ފެށި މި ހިދުމަތުގައި ކަސްޓަމަރުންގެ ތަޖުރިބާ އާއި ލިބޭ ހިޔާލުތަކާ އެކު ހިދުމަތް އިތުރަށް ރަނގަޅު ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ކުޅުދުއްފުށީގައި ބަސް ދަތުރުތައް ފެށުމުގެ ގޮތުން ކުރި ދަތުރެއްގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް (ކ) ބައިވެރިވެ ވަޑައިގަނަންވަނީ. -- ފޮޓޯ: އެމްޓީސީސީ
ކުޅުދުއްފުށީގައި ބަސް ދަތުރުތައް ފެށުމުގެ ގޮތުން ކުރި ދަތުރެއްގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް (ކ) ބައިވެރިވެ ވަޑައިގަނަންވަނީ. -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީން ހއ. ދިއްދޫ އާއި ލ. އަތޮޅާއި ފުވައްމުލައް އަދި އައްޑޫގައި އަންނަނީ ވެސް އާރްޓީއެލް ބަހުގެ ހިދުމަތް ދެމުންނެވެ. އަދި މާލެ ސަރަހައްދުގައި 12 ވަރަކަށް ރޫޓުން ބަސް ދަތުރުތައް އަންނަނީ ކުރަމުންނެވެ.