އުރީދޫއިން ރޯދަމަހަށް ހާއްސަކޮށް ރޯދަ ކުއިޒެއް ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި އެ ކުއިޒަކީ މި ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކުރިއަށް ގެންދާ ކުއިޒެކެވެ. ކުއިޒްގައި ހުށަހަޅާފައިވާ ސުވާލުގެ ޖަވާބު، ސުވާލާ އެއްކޮށް ހިމެނޭ ފޮޓޯ ޕަޒްލްއިން ހޯދައި އެ ފޮޓޯ ކޮމެންޓެއްގެ ގޮތުގައި އަޕްލޯޑު ކުރަން ޖެހޭނެ އެވެ.

ޖަވާބުގެ ގޮތުގައި ކޮމެންޓް ހުށަހެޅުމަށް ލިބޭނީ އެ ރޭގެ ދަންވަރު 11:59އާ ހަމައަށެވެ.

މި މުބާރާތުގައި ހަފްތާގެ އިނާމެއްގެ ގޮތުގައި ސެމްސަންގް ގެލެކްސީ ފިޓް 2 އެއް ހުށަހަޅާފައިވާ އިރު ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ އައިފޯން 14 ޕްރޯއެކެވެ.

މި ކުއިޒަކީ އުރީދޫއިން ޕީސް ފައުންޑޭޝަނާ ގުޅިގެން ކުރިއަށް ގެންދާ ކުއިޒެކެވެ.