މޮރޮކޯގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސާދު ލަމްޖަރަދުއާ އެކު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެއާ ގޯޝަލް ލަވައެއް ކިޔައިފި އެވެ.
އަރަބި އަދި ހިންދީ ބަހުން ކިޔާފައިވާ އެ ލަވައިގެ ނަމަކީ "ގުލި މަތާ" އެވެ.
ލަވައިގެ ވީޑިއޯގައި ސާދުއާ އެކު ފެންނަނީ ހިންދީ ޑްރާމާތަކުގައި މަޝްހޫރު އެކްޓްރެސް، ޖެނިފާ ވިންޖެޓް އެވެ.
މި ލަވައިގެ އެއް ކަޑި ޝްރެއާ ވަނީ އަރަބި ބަހުން ކިޔައިފަ އެވެ. ޝްރެއާ އަރަބި ބަހުން ކިޔާފައިވާ ކަޑި ރީތިވެގެން ގިނަ ބަޔަކު އަންނަނީ އެ ވާހަކަދައްކަމުންނެވެ.
ޝްރެއާ އަކީ އެކި ބަސްބަހުން ލަވަކިޔުމަށް މަޝްހޫރު ފަންނާނެކެވެ. އިންޑިއާގެ ވަރަށް ގިނަ ބަސްތަކުން އޭނާ ލަވަ ރިކޯޑް ކޮށްފައިވެ އެވެ.