ވޯލްޑް ޓްރެވެލް އެވޯޑުގެ 10 ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.
މި ފަހަރު ބާއްވާ 28 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެ ނޮމިނޭޓް ވީ އިންޑިއާގެ ކަނޑުގެ އެންމެ މަގްބޫލު މަންޒިލާއި އިންޑިއާގެ ކަނޑުގެ އެންމެ މަގްބޫލު ބީޗް ހިމެނޭ މަންޒިލްގެ އެވޯޑާއި އެންމެ މަގްބޫލު ކްރޫޒް ޑެސްޓިނޭޝަނަށާއި އެންމެ މަގްބޫލު ޑައިވް ޑެސްޓިނޭޝަނަށާއި އެންމެ މަގްބޫލު ގްރީން ޑެސްޓިނޭޝަނަށާއި އެންމެ މަގްބޫލު ހަނީމޫން ޑެސްޓިނޭޝަނަށާއި އެންމެ މަގްބޫލު ވެޑިން ޑެސްޓިނޭޝަނަށާއި އެންމެ މަގްބޫލު ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަނަށާއި އެންމެ މަގްބޫލު އެޑްވެންޗާ ޑެސްޓިނޭޝަން އަދި އެންމެ މަގްބޫލު ޓޫރިޒަމް ބޯޑުގެ އެވޯޑަށެވެ.
މި އެވޯޑުތަކުގެ ތެރެއިން ކްރޫޒް އެވޯޑު ފިޔަވައި އެހެން ހުރިހާ އެވޯޑަކަށް ވޯޓު ލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ވޯލްޑް ކްރޫޒް އެވޯޑަށް އޮގަސްޓް 1ގެ ކުރިން ވޯޓުލާން ޖެހޭނެ އެވެ.
ރާއްޖެ އަށް ވަނީ މިދިޔަ އަހަރު ތަކުގައި ވެސް ވޯލްޑް ޓްރެވެލްގެ ގިނަ އެވޯޑުތަކެއް ލިބިފަ އެވެ. އެގޮތުން އެންމެ މަގްބޫލު ބޯޗް ޑެސްޓިނޭޝަނާއި އެންމެ މަގްބޫލު ކްރޫޒް ޑެސްޓިނޭޝަނާއި އިންޑިއާ ކަނޑުގެ އެންމެ މަގްބޫލު ޑެސްޓިނޭޝަންގެ އެވޯޑު ވެސް ރާއްޖެ ހޯދައިފައި ވެ އެވެ. އަދި ދުނިޔޭގެ އެންމެ މަގްބޫލު ޑެސްޓިނޭޝަން އެވޯޑު ވެސް ރާއްޖެ އަށް ؛ލިބުނެވެ. މިދިޔަ 17 އަހަރު ރާއްޖެ އަށް 13 ފަހަރަކު އިންޑިއާ ކަނޑުގެ އެންމެ މަގްބޫލު ޑެސްޓިނޭޝަން އެވޯޑު ވެސް ލިބިފައި ވެ އެވެ.