އިސްރާއީލާއި ލުބުނާނާ ދެމެދު ކުރިއަށްދާ ވަރުގަދަ ކުރިމަތިލުންތައް، 10 ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.
ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް ދިޔައީ އިޒްރާއީލުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯސެފް އައޫންއާ ރައީސް ޓްރަމްޕް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހުގަ އެވ.
މި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ މިއަދު ގްރީންވިޗް މީން ޓައިމް (ޖީއެމްޓީ) އިން 9 ޖަހާއިރު (ރާއްޖޭ ގަޑިން މިރޭ މެންދަމް 2 ޖަހާއިރު) އެވެ. މިއީ ވޭތުވެދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި އިޒްރޭލުގެ ވެރިންނާއި ލުބުނާންގެ އެންމެ މަތީ ލީޑަރުންގެ މެދުގައި ބޭއްވުނު ފުރަތަމަ މަޝްވަރާ އެވެ.
ޓްރަމްޕް ވިދާޅުވީ، އިޒްރޭލުގެ ވެރިންނާއި ލުބުނާނުގެ ލީޑަރުންނާ ވާހަކަދެއްކެވުމަށްފަހު 10 ދުވަހުގެ ސުލްހައިގެ މުއްދަތަކަށް އެއްބަސްވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސަރަހައްދަށް ދާއިމީ ސުލްހައެއް ގެނައުމަށް" ޓްރަމްޕް ވިދާޅުވި އެވެ.
ލުބުނާނުގެ ރައީސް އައޫން މީގެ ކުރިން ވިދާޅުވެފައިވަނީ ސީދާ މަޝްވަރާތައް ފެށުމުގެ ދޮރަކީ ހަމަލާތައް ހުއްޓާލުން ކަމަށެވެ. މާޗް މަހުގެ ކުރީކޮޅު އިރާން އާ ގުޅުން އޮންނަ ހިޒްބުالله އާއި އިސްރާއީލާ ދެމެދު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް ލުބުނާނުން 2,000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.