ޕިއޮންޔޮން (ފެބްރުއަރީ 22) - ސައުތު ކޮރެއާގައި ކުރިއަށްދާ ވިންޓަ އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތަށް ނޯތު ކޮރެއާގެ އިސް ޖެނެރަލެއް ފޮނުވަން ނިންމައިފި އެވެ.
ސައުތު ކޮރެއާ އަށް ފޮނުވާ ޖެނެރަލް ކިމް ޔޮން-ޗޮލް އަކީ ނޯތު ކޮރެއާގެ ޖާސޫސީ އިދާރާގެ ވެރިޔާ އެވެ. ބެލެވޭ ގޮތުގައި ސައުތު ކޮރެއާއާ ދެކޮޅަށް އޭނާ ވާނީ އެތައް ކަމެއް ރާވައިފަ އެވެެ.
ވިންޓަ އޮލިމްޕިކްސްގައި ނޯތު ކޮރެއާ ބައިވެރިވުން ރަމްޒުކޮށްދީފައި ވަނީ ދެ ކޮރެއާގެ ގުޅުން ރަނގަޅުވުމުގެ ނިޝާނެއްގެ ގޮތުގަ އެވެ. އެކަމަކު ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެ އިވެންޓް ނޯތު ކޮރެއާ އިން ބޭނުން ކުރަމުން ދަނީ ބައިނަލްއަގުވާމީ އިމޭޖް ރަނގަޅު ކުރުމަށް ކަމަށެވެ.
ކިމްގެ ވަފުދުން ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިންއާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތުގައި އެމެރިކާ ވަފުދުގެ އިސް ވެރިއަކަށް ހުންނަވާނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ އެވެ. އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެ ރަސްމިއްޔާތަށް ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ކޮއްކޮ ކިމް ޔޯ-ޔޮން ފޮނުވައިފަ އެވެ.