ވަޓްސްއެޕް ބޭނުން ނުކުރެވޭ ވަރުގެ ފޯނެއް ދިވެއްސަކު ގެންގުޅޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ ފޯނަށް ދުވަސްވެ، ހާޑްވެއާ ބާވުމުގެ ސަބަބުންނެވެ. އެ ފެންވަރުގެ ފޯނުތަކުގައި ވަޓްސްއެޕް ދެން ބޭނުމެއް ނުކުރެވޭނެ އެވެ.
ވަޓްސްއެޕް ސުވާލާއި ޖަވާބު ސެކްޝަންގައި މި ވާހަކަ ހިމަނައިފި އެވެ. އެ ގޮތުގައި މި އަހަރަށް ފަހު ވަޓްސްއެޕް ބޭނުން ނުކުރެވޭނެ ފޯނުތައް ވަނީ ދައްކާފަ އެވެ. އަދި 2020 އަށް ފަހު ވަޓްސްއެޕް ސަޕޯޓްނުކުރާނެ ފޯނުތަކެއް ވެސް ހިމަނާފައި އެބަ ހުއްޓެވެ.
ޓެކްނޮލޮޖީ ކުރިއަރައިގެންދާ ދުވެލީގައި ދުވެވެން ނެތް މީހަކަށް އުފަލެއް ނެތެވެ. ޖެހިގެން އަންނަ ދުވަހު ވެސް އެ ތަފާތު ފެނުން އެކަށީގެންވެ އެވެ. ފޯނު ބަރާބަރަށް އަޕްޑޭޓްނުކުރާ ނަމަ ކިތަންމެ ފަސޭހައަކުން ބީވުން ވެސް އެކަށީގެން ވެ އެވެ.
ވަޓްސްއެޕް އަކީ ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަނެކެވެ. މުޅި ނެޓްވޯކްގައި ބިލިއަނަކަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވެ އެވެ. އެހާ ގިނަ ބަޔަކަށް ޒަމާނީ ފަސޭހަތަށް ފޯރުކޮށްދިނުމަށް، ހާޑްވެއާ އަދި ސޮފްޓްވެއާ ވެސް ބަދަލުކުރަން ޖެހެ އެވެ. ވަޓްސްއެޕް އަކީ ވަރަށް އަވަސް އަވަހަށް ފެންވަރު މަތިކުރާ އެޕްލިކޭޝަނެކެވެ. ވަޓްސްއެޕް ޚިދުމަތް ބޭނުން ނުކުރެވޭނެ ކަމަށް ބުނެ، އެ ކުންފުނީގެ ވެބްސައިޓްގައި ހާމަކޮށްފައި ހުރި ފޯނުތައް ފާހަގަކޮށްލާނަމެވެ.
- ނޮކިއާ ސިމްބިއަން އެސް60 – ޖޫން 30، 2017 - ބްލެކްބެރީ އޯއެސް – ޑިސެމްބަރު 31، 2017 - ބްލެކްބެރީ 10 – ޑިސެމްބަރު 31، 2017 - ވިންޑޯޒް ފޯން 8.0 އަދި އެ އަށް ވުރެ ދުވަސްވީ ފޯނުތައް – ޑިސެމްބަރު 31، 2017 - ނޮކިއާ އެސް40 – ޑިސެމްބަރު 31، 2018 - އެންޑްރޮއިޑް 2.3.7 އަދި އެ އަށް ވުރެ ދުވަސްވީ އަދަދުތައް – ފެބްރުއަރީ 1، 2020
މަތީގައި އެވާ ފޯނުތަކުގެ ތެރެއިން ފޯނެއް، އޮޅިގެން ނަމަވެސް ބޭނުންކުރެވޭ ނަމަ، އަދި އޭގައި ވަޓްސްއެޕް ބޭނުންކުރާ ނަމަ، ސަމާލުވާށެވެ. އަހަރެމެންގެ ގިނަ މީހުންނަކީ ވަރަށް އަވަސް އަވަހަށް ފޯނު ބަދަލުކުރާ ބަޔަކަށް ވުމުން، އަހަރެމެން އަބަދު ވެސް އުޅެނީ ވަޓްސްއެޕް ކަހަލަ ޓެކްނޮލޮޖީ އަށް ވުރެ ބާރު ދުވެލީގަ އެވެ.