ބައެއް ޒުވާނުންގެ އިސްތަށިގަނޑުގައި ގިނަ އަދަދަކަށް ހުދު އިސްތަށި ހުންނާތީ ފެނެ އެވެ. ބައެއްފަހަރު އެއީ މާހައުލުން ފޯރާ އަސަރެއްގެ ސަބަބުންނެވެ. ހަށިގަނޑުގައި މެލަނިން މަދުވުމުން ވެސް މިހެން ދިމާވެ އެވެ. ސްޓްރެސް އިތުރުވެގެންނާއި ބައެއް މީހުންނަށް އާއިލީ ގޮތުން ވެސް މިކަން ވާރުތަކުރެ އެވެ.
މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިދާނެ އެވެ. މިކަން ކުރުމަށް، ފިޔާއެއް ގާނާލާށެވެ. ސާފު ފޮތިގަނޑަކަށް އަޅައި އޭގެ ދިޔަ ފެލުމަށް ފަހު ދެން ބޭނުންވާނީ ލުނބޯ ފަޅިއެކެވެ. ލުނބޯ ފަޅި ބޮލުގެ ހަންގަނޑުގައި އުނގުޅުއި 5 މިނިޓް ވަންދެން ބަހައްޓާށެވެ. ދެން ފިޔާ ދިޔަ ބޮލުގެ ހަންގަނޑުގައި އުނގުޅާށެވެ. އެއަށްފަހު އެ ހިކުނަ ނުދީ 30 މިނެޓް ބަހައްޓާށެވެ. އޭގެ ފަހުން ޝޭމްޕޫލައިގެން ދޮވެ އަދި ކަންޑިޝަންކުރާށެވެ.
މި ރެމިޑީން އިސްތަށިގަނޑު ދިގުވެ، ދުޅަހެޔޮވެ އަދި ނުރަތައް ވެސް ފިލާނެ އެވެ.
އިތުރަށް ހުދުވިޔަ ނުދިނުމަށް ތިރީގައި މިހިމަނައިލާ ކަންކަމަށް ވެސް ސަމާލުކަން ދޭން ވާނެ އެވެ.
ހޫނުވާ ގޮތަށް އިސްތަށިގަނޑު ސްޓައިލް ނުކުރުން
އެއްވެސް ހުރަހެއްނެތި އިސްތަށިގަނޑަށް ކުރާ ހޫނުން އިސްތަށިގަނޑު ހިކިވެ އިސްތަށިތައް ފަސޭހައިން ބުރިވާގޮތްވެ އެވެ. އިސްތަށިގަނޑު ފަންކުރުމަށާއި ހިއްކުމަށް ބޭނުންކުރާ ކަރަންޓް އެއްޗެހި އާންމުކޮށް ބޭނުންކުރުމުން އިސްތަށިގަނޑުގައި ހުންނަ ހަގީގީ ކުލަ ނެތި ގޮސް ހުދުވާން ދިމާވެ އެވެ.
ބޮލުގައި ތެޔޮލުން
ތެޔޮލުމުން އިސްތަށިގަނޑަށް ބޭރުފުށުން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ ބޮލުގެ ހަންގަނޑުގެ ސިއްހަތު ރަނގަޅުކޮށްދެ އެވެ.
ސްޓްރެސް ދަށްކޮށް، ހިތްހަމަޖެއްސުން
އަބަދު ހާސްކަމުގައި ހޭދަ ނުކޮށް ވީހާ ވެސް ގިނަ ވަގުތެއް ހޯދައިގެން ހިތްހަމަޖެހުން ހޯދާށެވެ.