މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވިސާ ޑެބިޓް ކާޑު ލޯންޗުކޮށްފި އެވެ.
އެމްއަައިބީން ބުނީ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ބަހައްޓާފައިވާ ވިސާ ގަބޫލު ކުރާ ހުރިހާ ޕީއޯއެސް އަދި އޭޓީއެމް މެޝިންތަކަކުން ހިދުމަތް ހޯދޭނެ ކަމަށެވެ.
މިއަދު ބޭންކުން ލޯންޗުކުރީ ވިސާ ޕްލެޓިނަމް އަދި ވިސާ ގޯލްޑް ޑެބިޓު ކާޑެވެ. ގޯލްޑް ކާޑާ އެކު އެމްއައިބީއިން ވަނީ އެވްރީޑޭ ބެނެފިޓްސްގެ ނަމުގައި ޑިސްކައުންޓް ސްކީމެއް ތައާރަފްކޮށްފަ އެވެ. މިސްކީމުގެ ދަށުން ގިނަ އަދަދެއްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެ އެވެ.
އެމްއައިބީން ވިސާ ޑެބިޓް ކާޑު ލޯންޗު ކުރި އިރު ބީއެމްއެލް އާއި އެސްބީއާއިގެ އިތުރުން ސީބީއެމް އިން ރާއްޖޭގައި ވިސާ ކާޑު ދޫކުރެ އެވެ.
އެމެރިކާއަށް ނިސްބަތްވާ ވިސާ ކުންފުންޏަކީ ދުނިޔޭގައި މާލީ ހިދުމަތްތައް ބަލައިގަތުމުގައި އެންމެ ބޮޑަށް ގަބޫލު ކުރާ ކާޑު އިޝޫކޮށްފައިވާ ކުންފުންޏެވެ. މި ކުންފުންޏަށް 62 އަހަރު ވީ އިރު 200 އަށް ވުރެ ގައުމުގައި ވިސާ ކާޑުގެ ފައިސާގެ މުއާމަލާތްތައް ގަބޫލުކުރެ އެވެ.