މިހާރު ކުރިއަށް ގެންދާ ބިޒްނަސް އެކްސްޕޯގައި ވިލާ ޓްރެވެލްސްގެ ސްޓޯލަށް ގޮސް، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު އެ ޓްރެވެލް އޭޖެންސީން ހުޅުވާލައިފި އެވެ.

ވިލާ ޓްރެވެލްސް އިން ބުނީ، އިއްޔެ ފެށި ބިޒްނަސް އެކްސްޕޯގައި ހުރި ސްޓޯލަށް ދާ މީހުން ކޫޕަނެއް ފުރުމުން އޭގެ ތެރެއިން ގުރުއަތުން ހޮވޭ ދެ މީހަކަށް ފްލައިމީގެ ކޮންމެވެސް މަންޒިލަކަށް ދާން ދެކޮޅު ޓިކެޓާއި ބެންކޮކް ދެކޮޅު ލިބޭނެ ކަމަށެވެ. ގުރުއަތު ނެގުން މިރޭ އޮންނަ އިރު، ވީހާ ވެސް ގިނަ ބަޔަކު ވިލާ ޓްރެވެލްސްގެ ސްޓޯލަށް ޒިޔާރަތް ކުރުމަށް އެ ޓްރެވެލް އޭޖެންސީން އެދެ އެވެ.

ވިލާ ޓްރެވެލްސް އިން ބުނީ، މިފަދަ ޕްރޮމޯޝަނެއް ހިންގަނީ ވިލާގެ ދަތުރުތަކާ ގުޅޭ ގޮތުން މިހާރަށް ވުރެ ބޮޑަށް އާންމުން ހޭލުންތެރި ކުރުމަށް ކަމަށެވެ.

މި އެކްސްޕޯ މިއަދު ނިމޭ އިރު އިއްޔެ ވެސް އެ ސްޓޯލަށް ގިނަ ބަޔަކު ޒިޔާރަތްކުރި އެވެ.

ވިލާ ޓްރެވެލްސް އިން އެއާ އިންޑިއާ، ސްރީ ލަންކަން، ޗައިނާ އީސްޓާން، ޗައިނާ ސަދަން، ޝަންހާއީ އެއާލައިންސް، ހޮންގް ކޮންގް އެއާލައިން އަދި މެލޭޝިއާ އެއާލައިން ފަދަ ބޮޑެތި އެއާލައިންތަކުގެ ފްލައިޓްތަކަށް ޓިކެޓް ގަނެވޭނެ އެވެ.