ބީއެމްއެލްއިން ކ. ގުޅި އާއި ވ. ކެޔޮދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އެ އޭޓީއެމް މެދުވެރިކޮށް އާއްމުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގޭނެ އެވެ. އަދި ފައިސާ ޖަމާކޮށް، ބިލަށް ފައިސާ ދައްކައި ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.

ކ. ގުޅީގައި ބެހެއްޓި އޭޓީއެމްގެ އިތުރުން ކ. އަތޮޅުގެ ފަސް ރަށެއްގައި އޭޓީއެމްގެ ހިދުމަތް ލިބެން ހުރެ އެވެ. އަދި އެ އަތޮޅުގައި ބީއެމްއެލްގެ ހިދުމަތްތައް ދިނުމަށް ދެ ބްރާންޗު ވެސް ހުރެ އެވެ.

ވ. އަތޮޅުގައި އަލަށް ގާއިމުކުރި އޭޓީއެމްގެ އިތުރުން އިތުރު ދެ އޭޓީއެމް ހުރެ އެވެ. އަދި އެ އަތޮޅު ފެލިދޫގައި ހުންނަ ބީއެމްއެލްގެ ބްރާންޗާއި މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ ކޭޝް އެޖެންޓުން މެދުވެރިކޮށް އަންނަނީ ހިދުމަތް ދެމުންނެވެ.

ބީއެމްއެލްއިން 20 އަތޮޅުގައި އެ ބެންކުގެ 38 ބްރާންޗާއި 83 ސެލްފްސަވިސް ބޭންކިން ސެންޓަރާއި 141 އޭޓީއެމް ހުރެއެވެ. އަދި 200 އަށް ވުރެ ގިނަ ބީއެމްއެލްގެ ކޭޝް އޭޖެންޓުން އެކި ކަންކޮޅުތަކުގައި ހުރެ އެވެ.