މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަސައްކަތްކުރި ޗައިނާގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ނަގައި އުސް ފަސްގަނޑު ސަރަހައްދު ސާފުކުރަން ފަށައިފި އެވެ.

ޗައިނާގެ އެހީއާ އެކު އެޅި ބްރިޖުގެ މަސައްކަތްތަކަށް އުސް ފަސްގަނޑުގެ ވަކި ހިސާބެއް ބަންދުކުރީ 2016ގަ އެވެ. އެ މަސައްކަތުގައި އުޅުނު ޗައިނާގެ ކުންފުނި، ސީސީސީސީގެ މުވައްޒަފުންގެ އޮފީހާއި އެކޮމޮޑޭޝަން ހަމަޖެއްސީ އެތަނުގަ އެވެ.

އުސްފަސްގަނޑުގައި ހަދާފައި އެކޮމޮޑޭޝަން ބްލޮކް ނަގައި އެތަން ސާފުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އުސްފަސްގަނޑުގައި ހަދާފައި އެކޮމޮޑޭޝަން ބްލޮކް ނަގައި އެތަން ސާފުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ޚަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ. މާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގެ ގޮތުގައި އޮތް އުސް ފަސްގަނޑަކީ އާއްމުން ކަސްރަތަށް އަދި ހިތްހަމަޖައްސާލަން ބޭނުންކުރި ތަނެކެވެ.

އުސްފަސްގަނޑުގައި ހަދާފައި އެކޮމޮޑޭޝަން ބްލޮކް ނަގައި އެތަން ސާފުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އުސްފަސްގަނޑުގައި ހަދާފައި އެކޮމޮޑޭޝަން ބްލޮކް ނަގައި އެތަން ސާފުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީގެ ވެރިކަން ވެއްޓުމުން "އިންސާފުގެ ދަތުރު" ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގަން އެތަނުގައި ޖަގަހަ ހަދައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެއްވުންތައް ބޭއްވި އެވެ. އޭގެ ފަހުން، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން 2015 ވަނަ އަހަރު ރަސްމީ ޖަލްސާ ވެސް ބޭއްވީ އުސް ފަސްގަނޑުގަ އެވެ.