ޑްރޯން އުފައްދާ ކުންފުނިތަކުން ތަބާވުން މަޖުބޫރުވާ ގޮތަށް މިހާރު އެކުލަވައިލަމުން އަންނަ ގަވާއިދު ބުނާ ގޮތުން، ކޮންމެ ޑްރޯނަކުން ވެސް އެ ޑްރޯނަކާ ބެހޭ މައުލޫމާތު ބްރޯޑްކާސްޓް ކުރަން ޖެހެ އެވެ.

އެމެރިކާގައި 1.5 މިލިއަން ޑްރޯން ރަޖިސްޓަރީ ކޮށްފައި ވާ ކަމަށް ގަވާއިދެއް، އެ ގައުމުގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން އިން ބުނެ އެވެ. މި ޑްރޯންތައް ބޭނުންކުރާ މީހުންގެ ތެރޭގައި، ޑްރޯން އުދުއްސަން ބޭނުންވާ ހިތުން ޑްރޯން ގެންގުޅޭ މީހުން އުޅެ އެވެ. އަދި ޑްރޯން މެދުވެރިކޮށް، މުދާ ޑެލިވަރީ ކުރުމަށް ވެސް ބޭނުން ކުރެ އެވެ. ބޭސްވެރިކަމުގެ ދާއިރާގައި، އަލިފާން ނިއްވާ މީހުން އަދި ސަލާމަތީ ބާރުތަކުން ވެސް ޑްރޯން ބޭނުން ކުރެ އެވެ. ފިލްމު އުފައްދާ މީހުން، އޭރިއަލް ފޮޓޯގްރަފީ އަދި ސާވޭކުރާ ކުންފުނިތަކުން ވެސް ޑްރޯން ބޭނުން ކުރާ މީހުންގެ ލިސްޓުގައި ވެ އެވެ.

އެފްއޭއޭ އިން ބުނި ގޮތުގައި، މީގެ ކުރިން ވިސްނަން ޖެހިފައި އޮތީ އެއާޕޯޓް އަދި މިލިޓަރީ ސަރަހައްދުތައް ކައިރީގައި ބޭނުންކުރާ ޑްރޯންތަކާ މެދު އެވެ. ނަމަވެސް އެމެރިކާގެ ވައިގެ ސަރަހައްދުގައި ބޭނުންކުރެވޭ ޑްރޯންތައް އާންމުނަށް އުނދަގޫވާ މިންވަރަށް އިތުރުވެފައި ވާތީ، މިހާ ގިނަ އަދަދަކަށް ޑްރޯން ބޭނުންރާ ސަބަބު ދެނެގަންނަން ޖެހުނީ އެވެ. އަދި ޑްރޯންތައް ބޭނުން ކުރެވެނީ ސައްހަ މަސައްކަތްތަކުގައި ތޯ ވެސް ބަލަން މަޖުބޫރުވީ އެވެ.

އެފްއޭއޭ އިން އާންމުގެ ޚިޔާލަށް މިހާރު ހުޅުވާލާފައި ވާ މި ގަވާއިދު ފާސްވުމަށް ފަހު، ޑްރޯން އުފައްދާ ކުންފުނިތައް ތައްޔާރުވުމަށް ތިން އަހަރު ދުވަސް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެ އަށް ފަހު ކޮންމެ ޑްރޯނަކުން ވެސް، އެ ޑްރޯނެއް ރަޖިސްޓަރީ ކޮށްފައި ވާ މީހާ ނުވަޑަ ޑްރޯންގެ މޮޑެލް ނަންބަރު އަދި ބޭނުންކުރަން ހުއްދަ ދީފައި ވާ ސަރަހައްދު ފަދަ މައުލޫމާތު އެނގޭ ގޮތަށް ރޭޑިއޯ ސިގްނަލެއް ބްރޯޑްކާސްޓް ކުރަންޖެހެ އެވެ. އެއީ އިދާރީ ބާރުތަކުން އެ ތަކެތި ބަލައި ދެނެގަތުމަށެވެ.