ލެވަކޫސަން (ނޮވެމްބަރު 20) - ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން، އިޓަލީ އަށް ތާއީދުކުރުމުން، ޔޫކްރޭންގެ ކޯޗު ސާއިހޭ ރެބްރޯވް ރުޅިގަދަ ވެއްޖެ އެވެ.

އިޓަލީގެ މީޑިއާ ލަ ޕްރެސް އަށް ދިން އިންޓަވިއުގައި ކެފެރިން ވިދާޅުވީ، އިޓަލީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައި ނުވެއްޖެނަމަ، އެއީ ޔޫރޯ 2024 އަށް "މުސީބާތަކަށް" ވާނެ ކަމަށެވެ.

ޔޫރޯ ކޮލިފައިންގައި މިރޭ، ޔޫކްރޭނުން އިޓަލީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން، ރެބްރޯވް ބުނީ ކެފެރިންގެ އެ ވާހަކަތަކާ ގުޅިގެން އޭނާ އާއި އޭނާގެ ކުޅުންތެރިން ތިބީ ރުޅިއައިސްފައި ކަމަށެވެ.

"އަހަރެމެން ޝައުގުވެރިއެއް ނޫން އޭނާ [ކެފެރިން] ބުނާ އެއްޗަކަށް،" މިފަދަ ކޮމެންޓްތަކަށް ފޯކަސް ކުރުމަކީ އަހަރެމެންގެ މަސައްކަތެއް ނޫން،" ޕްރީ މެޗު ޕްރެސްގައ ވާހަކަ ދައްކަމުން ރެބްރޯވް ބުންޏެވެ.

"އެކަމަކު ހަގީގަތުގައި (ކެފެރިންގެ އެ ވާހަކަތަކާ ގުޅިގެން) އަހަރެމެންނަށް ކުރެވޭނެ ކަމަކީ އަހަރެންގެ ކުޅުންތެރިންނަށް އަސަރުކޮށް، އެމީހުން އިތުރަށް ރުޅިގަދަކޮށް، ކޮލިފައިން އަށް އިތުރު ހިތްވަރަކަށް ހެދުން."

މިރޭގެ މެޗުން ޔޫކްރޭން މޮޅުވެއްޖެނަމަ އަންނަ އަހަރު ޖަރުމަނުގައި ބާއްވާ މުބާރާތަށް އެ ޓީމު ކޮލިފައިވާނެ އެވެ. ހަނގުރާމައިގައި ސަބަބުން ޔޫކްރޭންގެ ހޯމް މެޗުތައް ކުޅެނީ ޖަރުމަނުގަ އެވެ. އިޓަލީ އާއި ޔޫކްރޭން ސެންސީރޯގައި ކުޅުނު މެޗު ޔޫކްރޭން ކާމިޔާބު ކުރީ 2-1 ންނެވެ.

ރެބްރޯވް ބުނީ ސެޕްޓެމްބަރު މަހު ކުޅުނު އެ މެޗާއި، މިރޭ ލެވަކޫސަންގައި ކުޅޭ މެޗު ތަފާތު ވާނެ ކަމަށެވެ. ހަނގުރާމައިގެ ސަބަބުން ޔޫކްރޭންގެ ރެފިއުޖީން އެންމެ ގިނައިން ހިހުރަކުރީ ޖަރުމަނަށެވެ. މިރޭގެ މެޗު ޔޫކްރޭންގެ ސަޕޯޓަރުން ވަދެ ފުރާލާނެ ކަމަށް ރެބްރޯވް ބުންޏެވެ.