ޓޮމާޓޯއިން ހަމަށް ލިބޭ ފައިދާތައްތައް ގިނަ އެވެ. އަވިން އަދާފައި ހުންނަ ހަމަށް ފަރުވާ ޓޮމާޓޯ އިން ފަރުވާކުރެވެ އެވެ. ހަމުގައި ހުންނަ ވަޅުތައް ފޮރުވާލަ އެވެ. އަނދާފައި ހުންނަ ހަންގަނޑު އަލިކޮށްދޭނެ އެވެ. ކެއުމުގައި ޓޮމާޓޯ ބޭނުންކުރާ ނަމަ އޮށާޅަ ނެގުން ވެސް މަދުކޮށްދެ އެވެ. ޓޮމާޓޯގައި ހުންނަ އެންޓިބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން، މަރުވެފައި ހުންނަ ހަންތައް ވެސް ނެއްޓެ އެވެ. މީގެ އިތުރުން، ބްލެކް ހެޑްސް ފިލުވައިދީ ނޭފަތް ކައިރި ހިސާބުގެ ހަންގަނޑު މަޑުކޮށްދޭނެ އެވެ. ޓޮމާޓޯ ޖޫހުން ހަންގަނޑު މޮއިސްޗަރައިޒް ވެސް ކޮށްދެ އެވެ. އަދި މޫނުގައި ބޯވެފައި ހުންނަ ހަން (ބްލެމިޝް) އާއި އިތުރަށް އުފެދޭ ތެލާ ދެކޮޅަށް ވެސް މަސައްކަތްކޮށްދެ އެވެ.
ހިކި ހަންގަނޑަށް ތައްޔާރުކޮށްލެވިދާނެ ޓޮމާޓޯ ޕެކް
ބޭނުންވާ ތަކެތި؛
ދޮންކެޔޮވަކެއްގެ އެއް ފަޅި، ޓޮމާޓޯއެއްގެ އެއްފަޅި، ½ ސަމުސާ ޒައިތޫނި ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ދޮންކެޔޮފަޅި ބޮޑެތިކޮށް ކޮށާލަފައި މިކްސަރަށް އަޅައިލާށެވެ. ޓޮމާޓޯ ފަޅި އާއި ޒައިތޫނި ތެޔޮ ފޮދު ވެސް އަޅައިލުމަށް ފަހު ރަނގަޅަށް މިކްސްކޮށްލުމަށް ފަހު މޫނުގައި އުނގުޅާފައި 10 ވަރަކަށް މިނިޓް ފަހުން ދޮވެލާށެވެ.
ތެޔޮ ހަންގަނޑަށް ތައްޔާރުކުރެވިދާނެ ޓޮމާޓޯ ޕެކްއެއް
ބޭނުންވާނެ ތަކެތި:
½ ޖޯޑު އޯޓްސް، ޓޮމާޓޯ، ½ ކިއުކަމްބާ
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ކަމަކަށް، އޯޓްސްކޮޅު ފުށަށް ހަދައިލަންވާނެ އެވެ. މި ފުށަށް ކިއުކަމްބާ އާއި ޓޮމާޓޯ އެޅުމަށް ފަހު ރަނގަޅަށް މިކްސަރުން އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން މޫނުގައި އުނގުޅާފައި 10 މިނިޓް ބަހައްޓާށެވެ. އޯޓްސް އަކީ ހަންގަނޑުން ތެޔޮ ފިލުވާލުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. ޓޮމާޓޯ އާއި ކިއުކަމްބާގައި ހިމެނޭ ފެނުގެ ސަބަބުން ހަންގަނޑު މަޑުކޮށްދީ އިތުރަށް މި އުފެދޭ ތެޔޮ ވެސް ނައްތާލަ އެވެ.
އޮށާޅަ އަދި އޮށާޅަ އިން މޫނުގައި ހުންނަ ލަކުނަށް ތައްޔާރުކުރެވިދާނެ ޕެކެއް
ބޭނުންވާނެ ތަކެތި:
މިންޓް ފަތްކޮޅަކާއި ޓޮމާޓޮއެއް
ތައްޔާރުކުރާނެ ގޮތް:
މިންޓް ފަތަކީ އޮށާޅަ އާއި އޮށާޅައިން ޖަހާ ލަކުނަށް ވަރަށް އަވަހަށް ފަސޭހަކޮށްލާ ފަރުވާއެކެވެ. މީގެ ތެރެއަށް ޓޮމާޓޯ އިތުރުކުރުމުން އަދި އެއަށްވުރެ އޭގެ މަސައްކަތް އަވަސްވެ އެވެ. މިންޓް ފަތްކޮޅެއް ފިސްކޮށްލުމަށް ފަހު ރަތް ޓޮމާޓޯއާ އެކު ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. އޮށާޅަ ހުރި ތަންތަން ނުވަތަ މުޅި މޫނުގައި އުނގުޅުމަށްފަހު 10 ވަރަކަށް މިނިޓް ބަހައްޓާފައި ދޮވެލާށެވެ.
ބްލެކްހެޑްސް މާސްކް
ބޭނުންވާނެ ތަކެތި:
2 މޭޒުމަތީ ސަމުސާ ހަކުރު، 1 މޭޒުމަތީ ސަމުސާ މާމުއި އަދި ޓޮމާޓޯއެއް
ތައްޔާރުކުރާނެ ގޮތް:
ހަކުރަކީ މަރުވެފައި ހުންނަ ހިކި ހަންތަކާއި ބްލެކްހެޑްސް ނައްތާލުމަށް އެންމެ ރަނގަޅު އެކްފޮލިއޭޓަ އެވެ. ޓޮމާޓޯގައި ހުންނަ އެންޓިބެކްޓީރިއަލް މާއްދާގެ ސަބަބުން ޓޮމާޓޯ ވެސް މީގެތެރެއިން ހިމެނެ އެވެ. މާމުއިން ހަންގަނޑު މަޑުކޮށްދީ އަލިކޮށްދޭނެ އެވެ. ދެ ސަމުސާ ހަކުރާއި މާމުއި އަދި ޓޮމާޓޯ އިން ޕޭސްޓެއް ތައްޔާރުކޮށްލުމަށް ފަހު ބްލެކްހެޑްސް ހުންނަ ސަރަހައްދުތަކުގައި އުނގުޅާށެވެ. އަދި 10 ވަރަކަށް މިނިޓް ބަހައްޓާށެވެ.
ހަންގަނޑު އަވަހަށް އަލިކޮށްލުމަށް
ބޭނުންވާނެ ތަކެތި:
2 ސްކޫޕް ފަޅޯ، 1 ޓޮމާޓޯ، ½ ސަމުސާ މާމުއި
ތައްޔާރުކުރާނެ ގޮތް:
ފަޅޯ މަށައިލުމަށް ފަހު ފޮއްޗެއްހާ އެއްޗެހި ކޮށައި އެއަށް މާމުޔާ އެކު ޓޮމާޓޯ ކޮށައިލުމަށް ފަހު މިކްސަރުން ހިމުންކޮށްލާށެވެ. މި ޕޭސްޓް މޫނުގައި އުނގުޅުމަށްފަހު 10 މިނިޓް މަޑުކޮށްފައި ފެނުން ދޮވެލާށެވެ. ހާއްސަ ތަނަކަށް ދާން އުޅޭއިރު މޫނު އަވަހަށް ރީތިކޮށްލަން މިވަރެއް ނެތެވެ.
ލަކުނު ފިލުވުމަށް ތައްޔާރުކުރެވިދާނެ ޕެކް
ބޭނުންވާނެ ތަކެތި:
ބައިޖޯޑު ޔޯގަޓް އަދި ޓޮމާޓޮއެއް
ތައްޔާރުކުރާނެ ގޮތް:
މި ދެ ބާވަތުގައި ހިމެނޭ ބްލީޗިން މާއްދާގެ ސަބަބުން ލަކުނުތައް ފިލުވާލަދިނުމަށް އެހީތެރިވެދެ އެވެ.. ޔޯގަޓްކޮޅާއި ޓޮމާޓޯ އެއްކޮށްލުމަށްފަހު ލަކުނުގެ އަސަރުކޮށްފައިވާ ހިސާބުގައި އުނގުޅައި 10 މިނިޓް ބެހެއްޓުމަށްފަހު ދޮވެލާށެވެ.