ޓައިމް މަޖައްލާ އިން އަހަރަކު އެއްފަހަރު ހޮވާ އަހަރުގެ ޝަޚްސިއްޔަތުގެ މިއަހަރުގެ މަގާމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހޮވައިފި އެވެ.

އެ މަޖައްލާ އިން އަހަރުގެ ޝަޚްސިއްޔަތުގެ މަގާމަށް ޒެލެންސްކީ ހޮވީ، ދުނިޔޭގެ އެންމެ ބާރު ގަދަ އެއް ގައުމު ކަމަށްވާ ރަޝިޔާގެ އިސްތިއުމާރާ ދެކޮޅަށް ޔޫކްރޭނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހަގީގީ މޭސްތިރިއަކީ އޭނާ ކަމަށްވާތީ އެވެ. ޓައިމް މަޖައްލާގެ އެޑިޓަ އިން ޗީފް ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވާ ގޮތުގައި ޒެލެންސްކީ އަކީ ޔޫކްރޭންގެ ރޫހެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އަސްކަރީ ބާރުގެ ކުރިމަތީގައި ސާބިތުވެ ތިބެ މިނިވަންކަމުގެ ދިފާއުގައި ހަނގުރާމަކުރުމުގެ ހިތްވަރާއި ކެރުން، ޔޫކްރޭންގެ ރައްޔިތުންނަށް ލިބުނީ، ރައީސް ޒެލެންސްކީ ދެއްކެވި ސާބިތުކަމުގެ ސަބަބުންނެވެ.\

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭންގެ އެކި ސަރަހައްދުތަކަށް – ވެރިރަށް ކިޔޭވް ވެސް ހިމެނޭ ގޮތަށް – ހަމަލާތައް ދޭން ފެށުމާއެކު، ވެރިރަށް ދޫކުރައްވައި އެހެން ސަރަހައްދަކަށް ބަދަލުވުމަށް އެ ގައުމުގެ އިސް ބައެއް ބޭފުޅުން ލަފާ ދެއްވި އެވެ. އަދި ބައެއް ގައުމުތަކުން ވެސް ވަނީ އޭނާ އަށް ހިމާޔަތް ދެއްވާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ރައީސް ޒެލެންސްކީ ނިންމެވީ ކޮންމެވެއް އެއް ގޮތަކަށް ކަންތައް ނިމިގެން ދަންދެން ކިޔޭވްގައި ހުންނަވާށެވެ. އޭގެ ފަހުން އޭނާ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކުރައްވައި ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު ގައުމާ މުޚާތަބު ކުރައްވައި، ރައްޔިތުންނަށާއި ސިފައިންނަށް ހިތްވަރު ދެއްވަ އެވެ.

ރަޝިޔާ ސިފައިން ހަނގުރާމަ ފެށި ފަހުން، ރައީސް ޒެލެންސްކީ މުޅިން ވެސް އާންމުންނަށް ފެންނަމުން ދަނީ، ސިފައިން ބޭނުންކުރާ ކާކީ ކުލައިގެ ޓީޝާޓެއްގަ އެވެ. އޭނާ އެ ގޮތް ޚިޔާރު ކުރެއްވީ، އޭނާ ހުންނެވީ ހަނގުރާމައަށް ތައްޔާރުވެގެން ކަމާއި އޭނާ ހުންނެވީ ޔޫކްރޭން ސިފައިންނާ އެކުގައިކަން ހާމަކުރެއްވުމުގެ ގޮތުންނެވެ.