ޓިކްޓޮކްގައި މީހަކު ދީނަށް ފުރައްސާރަކުރި މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވަހީ އަންނަ ކަމަށާއި އިސްލާމީ އަގީދާ އަދި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަދައްކާފައިވާ މީހާގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ޕްލެޓްފޯމުގައި ފިރިހެނަކު ވަނީ މާތްﷲ އޭނާއަށް ވަހީ ބާވާލައްވާފައިވާ ކަމަށާއި ވަހީ ބާއްވާލައްވަނީ ކީރިތި ރަސޫލާއަށް އެކަނި ނޫން ކަމަށް ބުނެ، ދީނަށް ފުރައްސާރަކޮށްފަ އެވެ. މި ނޫން ވެސް ދީނަށް ފުރައްސާރަކޮށް ގިނަ ވާހަކަތަކެއް އޭނާ ދައްކާފައިވެ އެވެ.

އޭގެ އިތުރުން އޭނާ ވަނީ އެއީ ޔޫސުފްގެފާނު ކަމަށް އަމިއްލައަށް ދައުވާކޮށްފަ އެވެ.

ދީނަށް ފުރައްސާރަކޮށް ބައެއް ވީޑިއޯތައް ޓިކްޓޮކްގައި ދައުރުކޮށްފައިވެ އެވެ.