މާލޭގެ ގެއަކަށް ވަދެ، ފޭރުނު މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައި ނުވިޔަސް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ގަލޮޅުގައި ހުންނަ އެ ގެއަށް ވަދެ، ގޭގައި ތިބި މީހުންނަށް ބިރު ދެއްކުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް، އެ ހާދިސާގައި އެ ގޭގައި ތިބި މީހުންނަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް އަދި ސާފެއް ނޫނެވެ.