ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިދާރާ އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.
ކުރިން ޖޭއެސްސީ ހިންގަމުން އައީ ކުރީގެ ރިޔާސީ ގަނޑުވަރު ކަމަށް ވާ ތީމުގޭގެ ބައެއްގަ އެވެ.
އިއްޔެއިން ފެށިގެން އެ ކޮމިޝަން ހިނގަމުންދާނީ ހ. ސަކީނާ މަންޒިލްގަ އެވެ. ސަލްޓަން ޕާކް ކައިރީގައި ހުންނަ ސަކީނާ މަންޒިލްގައި އެހެން ބައެއް އޮފީސްތައް ވެސް ހިންގަ އެވެ.
ތީމުގޭގައި މިހާރު ވެސް ޝަރުއީ ދާއިިރާގެ ގިނަ އިދާރާތަކެއް ހުރެ އެވެ. އެގޮތުން ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު ވެސް ހިންގަނީ ތީމުގޭގެ ބައެއްގަ އެވެ.