ތާޖު އެގްޒޯޓިކާ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާން ރޯވެފައިވަނީ ރިސޯޓުގެ އިންޖީނު ގޭގަ އެވެ. ސިފައިންނަށް ރިޕޯޓު ކުރީ މިރޭ 8:30 ހާއިރު އެވެ.

މާލެ އަތޮޅުގައި އޮންނަ އެ ރިސޯޓުގެ އެހެން ތަނަކަށް ގެއްލުން ލިބުނު ކަމެއް އަދި ސާފެއް ނުވެ އެވެ.

"ސިފައިން މިހާރު ގެންދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން،" އެމްއެންޑީއެފުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް ވަނީ މި ރިސޯޓުގެ މޫދު ކޮޓަރިތަކެއްގައި ރޯވެ، އަނދައި ހުލިވެފަ އެވެ. އެ ފަހަރު ފަސް ކޮޓަރީގައި ރޯވި އިރު، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.

މި ދުވަސްވަރަކީ އާ އަހަރާ ދިމާކޮށް ރާއްޖޭގެ ހުރިހާ ރިސޯޓެއްހެން ފުރިފައި އޮތް ދުވަސްކޮޅެކެވެ.