މާލޭގެ ޓްރެކް ސަރަހައްދުގެ ބޭރު ތޮށިން ކަނޑަށް ފުންމައިލި މީހަކު ފުލުހުން މިއަދު ސަލާމަތް ކޮށްފި އެވެ.

ފުލުހުން ބުނީ މީހަކު ކަނޑަށް ފުންމާލައިގެން އުޅޭ ކަމުގެ މައުލޫމާތެއް މިއަދު ހަވީރު 4:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އޭނާ ސަލާމަތް ކުރުމަށް ފަހު، އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހޯދައި، ސަލާމަތް ކުރުމުގެ މަސައްކަތްކުރީ ފުލުހުންގެ ލޯންޗަކުންނެވެ. އެ ވަގުތު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ ތިބި އެވެ.

ކަނޑަށް ފުންމާލި މީހާ ސަލާމަތް ކުރާތަން ބަލަން ގިނަ ބަޔަކު ޓްރެކް ސަރަހައްދަށް އެއްވެފައި--ފޮޓޯ: މިހާރު
ކަނޑަށް ފުންމާލި މީހާ ސަލާމަތް ކުރާތަން ބަލަން ގިނަ ބަޔަކު ޓްރެކް ސަރަހައްދަށް އެއްވެފައި--ފޮޓޯ: މިހާރު

އެ މީހާ ކަނޑަށް ފުންމައިލި ސަބަބެއް ނޭނގެ އެވެ. އެކަމަކު، އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ކަމަށް އެ ސަރަހައްދަށް އެއްވެ ތިބި ބައެއް މީހުން ބުންޏެވެ.

އޭނާ ސަލާމަތް ކޮށްގެން ލޯންޗުން އެމްބިއުލެންސަށް ސްޓްރެޗަރުގައި އަރުވައިގެން ގެންދިޔައިރު އެއްވެސް ހަރަކާތެއް ނެތެވެ.