ސަރުކާރުން އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގެ ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކުންފުނި ފެނަކައިގެން ޗެއާމަނަކަށް އަހުމަދު ޝަހީރު ހަމަޖައްސައިފި އެވެ.

ޝަހީރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އެއީ 2015 އިން 2018 ވަނަ އަހަރާ ހަމައަށެވެ.

ޝަހީރުގެ ހަޔާތުގައި ބޮޑު ބައެއް ހޭދަކުރެއްވީ އެސްޓީއޯގަ އެވެ. އެ ކުންފުނީގައި 29 އަހަރު ހޭދަކުރެއްވިއިރު، މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގަ އެވެ

މި ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ 153 ރަށެއްގައި ކަރަންޓުގެ ހިދުމަތް ދެމުންނެވެ. އަދި 56 ރަށުގައި ނަރުދަމާގެ ހިދުމަތް ދޭ އިރު 43 ރަށެއްގައި ފެނުގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.