އިންސާނުންގެ އިހުސާސްތައް ވަރަށް ވެސް ތަފާތެވެ. މީގެ ތެރެއިން ވެސް އެންމެ އަރާހުރި ހުރި އެއް ކަމަކީ ރުޅި އާއި ނަފުރަތެވެ. އަދި މިއީ އެތައް ދިރާސާތަކެއް ވެސް ހަދައި އަދިވެސް އެކި ފެންވަރުގައި ބަހުސް ކުރެވޭ ކަމެކެވެ. ސަބަބަކީ ރުޅި އާއި ނަފުރަތުގެ ސަބަބުން އިންސާނުން ހަލާކުވެދާތީ އެވެ.

މި ފަހަރު މިއޮތީ މި އިހުސާސްތަކުގެ ހަގީގަތް ހޯދަން ކޮށްފައިވާ މަސައްކަތުގެ ވާހަކަ ކިޔައިދޭ ޑޮކިއުމަންޓަރީއެކެވެ. އާދީއްތަ ދުވަހު ޑިސްކަވަރީ ޗެނެލުން ދައްކަން ފެށި ހަ އެޕިސޯޑް ޑޮކިއުމަންޓްރީގެ ނަމަކީ "ވާއި ވީ ހޭޓް" އެވެ.

މި ޕްރޮޖެކްޓްގެ ފަހަތުގައި ހުރީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ސްޓީވެން ސްޕީލްބާގެވެ.

"ވާއި ވީ ހޭޓް" ޑައިރެކްޓްކޮށްފައި ވަނީ ގީތާ ގަންބީރާއި ސޭމް ޕޮލާޑެވެ. މި ދެ މީހުންނަކީ އެމީ އެވޯޑް ހޯދި ޑައިރެކްޓަރު ސްޕައިކް ލީގެ 2006 ގެ ޑޮކިއުމަންޓަރީ ފިލްމު "ވެން ދެ ލެވީޒް ބްރޯކް: އަ ރެކިއުމް އިން ފޯ އެކްޓްސް" ގައި ވެސް މަސައްކަތްކޮށްފައިވާ ދެ މީހުންނެވެ.

އެ ޑޮކިއުމަންޓަރީ އަކީ 2005 ގައި އެމެރިކާ ތަޖުރިބާކުރި ގެއްލުން ބޮޑު ހަރިކޭން ކެޓްރީނާ ގެއްލުންތަކުގެ ހަ ފަރާތަށް ބެލުންތެރިން ގެންގޮސްދިން ޝައުގުވެރި އެހާމެ މޮޅު ޑޮކިއުމަންޓަރީއެކެވެ.

ސްޕީލްގެ ބާގް މި ޕްރޮޖެކްޓްގެ މަސައްކަތްކުރާތާ ހަތަރު ވަރަކަށް އަހަރު ފަހުން ބެލުންތެރިންނަށް ގެނެސްދޭން ފެށި އިރު، "ވައި ވީ ހޭޓް" އަކީ ހަމަ ކޮންމެ މީހަކު ވެސް ބަލައިލަން މުހިއްމު އެއްޗެކެވެ. މިއީ ރުޅި އާއި ނަފުރަތުގެ ހުރިހާ އަސަރަކާއި ގެއްލުމާއި ވޭނާއި ތުރާލާއި މުސީބާތް ދައްކުދައި ދޭނެ އެއްޗެކެވެ.

މި ބަލާލައިގެން މިއިން ލިބޭ ފިލާވަޅުތަކުގެ އެހީގައި ރުޅި އާއި ނަފުރަތު ކަހަލަ ނޭދެވޭ ސިފަތަކުން ސަލާމަތް ވާން ވެސް ހިތްވަރެއް ވެސް ލިބިދާނެ އެވެ. "ވައި ވީ ހޭޓް" ތައްޔާރުކޮށްފައި ވަނީ މީގައި މަސައްކަތްކުރި ތަޖުރިބާކާރު ޓީމްގެ މީހުންގެ އަމިއްލަ ތަޖުރިބާތައް ވެސް ހިމަނައިގެންނެވެ. މިއީ ބޮޑު ދިރާސާއެކެވެ.