ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ ގިނަ ވަޒީފާތަކަށް ހުޅުވާލައިފި އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނުގައި ވަނީ ސޭލްސް އޮފިސަރުގެ ހަތް މަގާމާއި ކޯލް ސެންޓާ ރިޕްރެޒެންޓޭޓިވްގެ 10 މަގާމަށް ހުޅުވާލައިފަ އެވެ. އެ މަގާމަށް ކުރިމަތިލާން އަންނަ އަންގާރަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.
މީގެ ދެ ދުވަހެއް ކުރިން ވެސް ސްޓޭޓް ފާމާއިން ވަނީ ސެކިއުރިޓީ އާއި ލޮޖިސްޓިކް އަދި ލޭބަރުންގެ މަގާމަށް ވެސް ހުޅުވާލައިފަ އެވެ.
އެ މަގާމުތަކަށް އެދި އަންނަ ހޯމަ ދުވަހާ ހަމައަށް ފޯމް ހުށަހެޅޭނެ އެވެ.
ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މިހާތަނަށް ގެންނަމުން އައީ އެސްޓީއޯއިންނެވެ. ބޭސް ނުލިބުމުގެ މައްސަަލައަށް ހައްލު ހޯދަން އާ ކުންފުންޏެއް އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މި ވީ މުއްދަތުގެ ތެރޭގައި ސްޓޭޓްފާމާއިން ވަނީ ގިނަ ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.