ލިއްލޭ (24 މެއި) - އެންޖާސްއާ ދެކޮޅަށް ކުޅުނު މެޗު 2-1 ން ކާމިޔާބު ހޯދައި، ފްރެންޗް ލީގު ޗެމްޕިއަންކަން ލިލް އިން ހޯދައިފި އެވެ.

ލިލް އިން ލީގު ކާމިޔާބު ކުރީ، ލީގުގެ އެންމެ ގަދަ ބާރުގެ ގޮތުގައި އޮތް ޕީއެސްޖީގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. ބްރެސްޓޮއިސްގެ މައްޗަށް ޕީއެސްޖީން ކުރި ހޯދީ 2-0 ންނެވެ. ނަމަވެސް އެއީ ލީގު ހޯދަން އެހީއަކަށް ނުވި އެވެ.

އޭންޖާސްގައި ކުޅުނު މެޗުގައި، ލިލްގެ ލަނޑުތައް ކާމިޔާބު ކުރީ ކެނަޑާގެ ފޯވަޑް ޖޮނަތަން ޑޭވިޑް އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ބްރާކް ޔިލްމާޒު އެވެ. އޭންޖާސްގެ ލަނޑު ކާމިޔާބު ކުރީ އެންޖޭލޯ ފުލްގިނީ އެވެ.

މީ ފްރަންސްގެ ލީގު ލިލް އިން ހޯދި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ލީގު ޗެމްޕިއަންކަން ލިލް އިން ހޯދީ 2011 ގަ އެވެ.

ބްރެސްޓޮއިސް އާ ދެކޮޅަށް ޕީއެސްޖީ ޖެހި ދެ ލަނޑުގެ ތެރެއިން، އެއް ލަނޑަކީ އެ ޓީމުގެ ރޮމޭން ފެވްރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ކިލިޔަން އެމްބާޕޭ އެވެ.