ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޝިއާގެ ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އެތުލެޓިކް ފިޒީކް 160 ސީއެމް ކެޓަގަރީގެ ރިހި މެޑައްޔާއި ބްރޯންޒް މެޑަލް ވެސް ރާއްޖޭގެ އެތުލީޓުން ހޯދައިފި އެވެ.

އެ ކެޓަގަރީގެ ރިހި މެޑަލް ހޯދީ ރާއްޖޭގެ ފަތުހުﷲ މުހައްމަދެވެ. ބްރޯންޒް މެޑަލް ހޯދީ މުހައްމަދު ޒިދާން އެވެ.

ފައިނަލުގައި ވާދަ ކުރި ހަތަރު ބައިވެރިންގެ ތެރެއިން ތިން އެތުލީޓުންނަކީ ރާއްޖޭގެ އެތުލިޓުންނެވެ. ކުރީގެ މިސްޓަ މޯލްޑިވްސް ހުޝާމް ހަމީދު ވެސް އެ ކެޓަގަރީގެ ފައިނަލްގައި ވާދަ ކުރި އެވެ.

ރާއްޖޭގެ ތިން އެތުލީޓުންނާ ވާދަކޮށް ރަން މެޑަލް ހޯދީ ވިއެޓްނާމްގެ ޕަމްވަން ޕުއޮން އެވެ.