ދޯޕިންދަރްގެ ރޯލުން ރާޔަން ރެނޮލްޑްސްއާ އެކު ޑެޑްޕޫލުން ވިދާލި ކަރަން ސޮނީ، "ސްޕައިޑަމޭން؛ އެކްރޮސް ދަ ސްޕައިޑަ ވާސް" އާ ގުޅިއްޖެ އެވެ.

ގިނަ ރޯލުތަކެއް ފެންނަ އެ އެނިމޭޓެޑް ފިލްމުގައި، ސޮނީގެ ކެރެކްޓާ އަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ކެރެކްޓާއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސޮނީގެ ކެރެކްޓާއަކީ، އެހެން ޔުނިވާސްއަކުން އައި، އިންޑިއާ އަށް ނިސްބަތްވާ ސްޕައިޑަމޭން ނުވަތަ ސްޕައިޑަމޭން އިންޑިއާ އެވެ.

ސޮނީ އަކީ "ސްޕައިޑަ ވާސް" ގެ ކާސްޓަށް އިތުރު ކުރި އެންމެ ފަހުގެ އެކްޓަރެވެ.

ކޮމިކް ފޮތްތަކުގައި، ސޮނީގެ ރޯލް، ސްޕައިޑަމޭން އިންޑިއާ އުފެދެނީ ޔޯގާ ހަދާ މީހަކު، ވާމަކުނެއްގެ ބާރު، މުމްބާއީ އަށް އުފަން ކުއްޖަކަށް ދޭ ހިސާބުންނެވެ. އޭގެ ފަހުން އޭނާ އުޅުނީ އިންޑިއާގެ ސްޕައިޑަމޭންގެ ގޮތުގައި، ކުށްވެރިން ހުއްޓުވުމަށެވެ.

ދެހާސްފަސް ވަނަ އަހަރު ކޮމިކް ފޮތްތަކަށް ތައާރަފްވީއްސުރެއް، ސްޕައިޑަމޭން އިންޑިއާ އަންނަނީ ކިޔުންތެރިންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދަމުންނެވެ.

"ސްޕައިޑަމޭން؛ އެކްރޮސް ދަ ސްޕައިޑާ ވާސް" ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ.